އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް
މާލޭގެ އަމީނީމަގުގައި، ކުރީގެ ހައުސިންގ މިނިސްޓްރީ ކައިރީގައި އިމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅު 7:35 ހާއިރުއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ނިއްކުރިމަތި ދުޅަވެ އަނިޔާވެފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށް ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައި...