އޭޕްރީލް 15އިން ފެށިގެން ހެޔޮއަގުގައި ހުރިހާ ބޭހެއް ލިބޭނެ: ރައީސް
މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ބޭސް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މީދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިދާދި ފަހުން ބޭސް ލިބުން ދަތިވެފައިވަނީ ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި...