ނަޞްރުﷲގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ
ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އާދިއްތަ ދުވަހު ބޭއްވުނު، ޙިޒްބުﷲގެ ކުރީގެ އިސްވެރިޔާ ޙަސަން ނަޞްރުﷲގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެއެވެ. ލުބްނާންގެ ސަރުކާރުގެ ނޫސް އެޖެންސީ އެން.އެން.އޭ އިން ބުނާ ގޮތުގައި، ނަޞްރުﷲ އާއި ޙިޒްބުﷲގެ އިސް މެންބަރު ހާޝިމް ސަފީއުއްދީނުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުނީ ކަމީލް ޝަމޫން ސްޕޯޓްސް ސިޓީގައި ހަރުދަނާ ސަލާމަތީ ފިޔަވަޅުތަކެއްގެ ދަށުންނެވެ. ޖަނާޒާގައި ވާހަކަދައްކަވަމުން، ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް ވިދާޅުވީ އިސްރާއީލުން ހުޅަނގު...