ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" 2007 އިން ފެށިގެން
ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް “ޖެނެރޭޝަނަލް ބޭން” ތަޢާރަފްކޮށްފި އެވެ. ރައީސް އޮފީހުން މިއަދު “ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް” އިޢުލާނުކުރަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށްޓަކައި “ޖެނެރޭޝަނަލް ބޭން” އެއް ތަޢާރަފްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި ނިންމުމުގެ ދަށުން، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި،...