ގޫގުލްގެ އެކްސްޓެންޑެޑް ރިއަލިޓީ އައިނު ދައްކާލައިފި
ކެނެޑާގެ ވެންކޫވަރުގައި ކުރިއަށްދާ ޓެޑް 2025 ކޮންފަރެންސްގައި ގޫގުލްއިން އެކުންފުނީގެ އެކްސްޓެންޑެޑް ރިއަލިޓީ (އެކްސްއާރު) އައިނު ދައްކާލައިފިއެވެ. މިއީ ސްމާޓްފޯނަކާ ގުޅާލެވޭ، ލައިވްކޮށް ތަރުޖަމާކުރުމާއި ކުރިން ބެލި މަންޒަރުތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އައިނެކެވެ. ގޫގުލްގެ އެކްސްއާރު ޑިވިޜަންގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު ޝަހްރާމް އިޒާދީ މި އައިނާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އައިނަކީ ކެމެރާއަކާއި، މައިކްރޯފޯނަކާއި، ސްޕީކަރުތަކެއް ހަރުކުރ...