ދުވަހުން ދުވަހަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސްގެ ވަޓްސްއެޕް ޗެނަލެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ސީދާ ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ. މި ޗެނަލަކީ ދުވަހުން ދުވަހަށް އަޕްޑޭޓްތަކާއި، މުހިންމު މަޢުލޫމާތުތަކާއި އަދި މެސެޖުތައް ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްޞަކުރެވިފައިވާ ޗެނަލެެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުޢިއްޒު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޗެނެލާއި ގުޅުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު ދެއްވާފައެވެ. “އަޅުގަނޑުގެ ރަސްމީ ވަޓްސްއެޕް ޗެ...