އުރީދޫ ސްމާޓާ ހޯމް: ރައްކާތެރިކަމާއި ފަސޭހަކަން އިތުރުކުރެވޭ!
އުރީދޫ މޯލްޑިވްސްއިން މިވަނީ ރާއްޖޭގެ ގޭބިސީތަކަށް އަމާޒުކޮށްގެން “ސްމާޓާ ހޯމް” އިނީޝިއޭޓިވްއެއް ތަޢާރަފުކޮށްފަ އެވެ. މި އައު އިނީޝިއޭޓިވްގެ މަޤްޞަދަކީ ސްމާޓް ޑިވައިސްތަކާއި ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނެސްދިނުމެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، މި އައު އޮފަރގެ ދަށުން ކޮންމެ ސުޕަނެޓް ކަނެކްޝަނަކާއެކު ކަސްޓަމަރުންނަށް ބަންޑަލްޑް އޮފަރއެއްގެ ގޮތުގައި ސެކިއުރިޓީ ކެމެރާއާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރޭޖް ހިމ...