221 ކާޓަން ސިނގިރޭޓް އަތުލައިގެންފި
ރާއްޖެއަށް ވަގަށް އެތެރެކުރި 221 ކާޓަން ސިނގިރޭޓް ފުލުހުން އިއްޔެ ރޭ އަތުލައިގަތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ފާހަގަކުރެވުނީ އިއްޔެ ރޭ މާލޭގެ ބޮޑުރަސްގެފާނު މަގުން ޕިކަޕެއް ފިލައިގެން ދިއުމަށް މަސައްކަތް ކުރާކަމަށް ސައްކު ކުރެވިގެން ފަހަތުން ދިއުމުން، ތިން ކަޅު ދަބަސް ދޫކޮށްލާފައި ދިޔުމާ ގުޅިގެންނެވެ. ތަޙުޤީޤުގައި ބެލިބެލުމުން، އެ ދަބަސްތަކުން ފެނިފައިވަނީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަން ސިނގިރޭޓު...