ރާއްޖެ - ބްރޫނާއީ: ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
ދިވެހިރާއްޖެ އާއި ބްރޫނާއީ އާ ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ބްރޫނާއީގެ ސިއްހީ ދާއިރާގެ ޓެކްނިކަލް އިސްބޭފުޅުންގެ ޓީމަކާއި، އެ މިނިސްޓްރީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކޮށްފައެވެ. ހެލްތު މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ސިއްހީ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ...