ޑްރަގް ވިޔަފާރިކުރަމުންދިޔަ ބަޔަކު ގިނަ އަދަދެއްގެ ފައިސާއާއި، ޑޮލަރާއި، ޑްރަގާއެކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއާއި ހުޅުމާލެއިން ތަންތަން ބަލާ ފާސްކޮށް 6 މީހަކު ހައްޔަރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 7 ތަނެއް ބަލާ ފާސްކޮށް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި، 2 ކިލޯއާއި ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާއި، 90،000 އަށްވުރެއް ގި...