ސައޫދީން ހައްޖުގެ ސިއްހީ އިރުޝާދުތައްދޭ ކިޓެއް 8 ބަހަކުން ނެރެފި
ސައޫދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން 8 ބަހަކުން ތައްޔާރުކޮށްފައިވާ 1446 ވަނަ އަހަރުގެ ހައްޖު މޫސުމަށް ސިއްހީ ހޭލުންތެރިކުރުމުގެ ޚާއްސަ ކިޓެއް ނެރެފިއެވެ. ސައޫދީ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ ޙައްޖު މޫސުމުގައި ޢާންމު ޞިއްޙަތާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމާއި ޙައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ ޕްރޮގްރާމުގެ މަޤްޞަދުތަކާ އެއްގޮތްވާ މަސައްކަތެކެވެ...