އުރީދޫ ނޭޝަން އިންޓަރ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އުރީދޫ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ބާއްވާ “އުރީދޫ ނޭޝަން އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025” އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީސްޕޯޓް ޓައިޓަލެއްގައި ވާދަކުރުމަށެވެ. އެއީ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އެވެ....