އެމެރިކާގައި ބަޑިން ހަމަލާދީ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފަކު މަރާލައިފި
އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމްގެ ކައިރީގައި ބަޑިން ހަމަލާދީ އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ ދެ މުވައްޒަފުކު މަރާލާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ބުނެފިއެވެ. ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ ރޭ އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމެއްގައި ބޭއްވި ހަފްލާއަކުން ނުކުތް، އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފެއްގެ ގަޔަށް ބަޑި ޖަހައި ވަނީ މަރާލާފައެވެ. އިސްރާއީލްގެ ފޮރިން މިނިސްޓަރު...