ޕާކިސްތާނާއި ޗައިނާއިން ވިޔަފާރީގެ ގުޅުންތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެ
ޕާކިސްތާނާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، މުވާސަލާތީ ގުޅުން ތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެއެވެ. ޕާކިސްތާނުން ބުދަ ދުވަހު ބުނެފައިވަނީ، އިންޑިއާއާއެކު ހިނގި ނުރައްކާތެރި ހަނގުރާމައެއް ނިމުނުތާ ދުވަސްކޮޅެއް ފަހުން، ޗައިނާއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި ހަނގުރާމައާ ގުޅިގެން ޗައިނާއިން ވަނީ ދެ ޤައުމުގެ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމަށް ގޮވާލާފައެވެ. ދެ ޤައުމުގެ ދެބަސްވުންތައް ފެށުނީ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ...