Skip to main content
Topic Archive

#ސްޓެލްކޯ

354 Stories filed
މާދަމާ ހެނދުނު ގަޑިއެއްހާއިރަށް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
Business

މާދަމާ ހެނދުނު ގަޑިއެއްހާއިރަށް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު ގަޑިއެއްހާއިތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާތީ ހެނދުނު 7:00ން 8:00އަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ. މިއީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ. މާލެއަށް ދިމާވެފައިވާ ކަރަންޓު...

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ މާޓީވީން ދައްކާނެ
Business

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ މާޓީވީން ދައްކާނެ

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯގެ މާޓީވީން ދައްކަން ނިންމައިފިއެވެ. އެ ކުންފުނިން މި މެޗުތައް މާޓީވީން ދައްކަން ނިންމީ ދިވެހިންގެ ގައުމީ ރޫހު އިތުރަށް އާލާކޮށް ވީހާވެސް ގިނަ ބަޔަކަށް ރާއްޖެ ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ. މިފަދަ ކޮންމެ ގައުމީ ކަމެއްގައި ބައިވެރިވެ، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް […]

ސްޓެލްކޯއިން އިލެކްޓްރޯނިކް ކާރު އެސެމްބަލް ކުރަން ނިންމައިފި
Business

ސްޓެލްކޯއިން އިލެކްޓްރޯނިކް ކާރު އެސެމްބަލް ކުރަން ނިންމައިފި

ސްޓެލްކޯއިން އިލެކްޓްރިކް ކާރު އެސެމްބަލް ކޮށް ވިއްކަން ނިންމައިފިއެވެ. ސްޓެލްކޯއިން މިކަން އިއުލާން ކުރީ އެ ކުންފުނީގެ “ސްޓެވޯ” ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިލެކްޓްރިކް ކާރު އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ މިއީ ތިމ...

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވައިފި، އަމިއްލަ އިންޖީނު ވެސް އުފައްދާނެ
Business

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވައިފި، އަމިއްލަ އިންޖީނު ވެސް އުފައްދާނެ

ސްޓެލްކޯ އިން “ސްޓެވޯ”ގެ ނަމުގަައި ވޯކްޝޮޕެއް ހުޅުވައިފިއެވެ. ސްޓެލްކޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. މި ވޯކްޝޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ. އަދި، ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވި ވޮރެންޓީވެސް ލިބޭނެއެވެ. މީގެ އިތު...

ސޮއި ކުރި ފްލެޓުތަކަށް އޮންލައިންކޮށް ކަރަންޓަށް އެދެވޭ ގޮތް ހަދައިފި
Business

ސޮއި ކުރި ފްލެޓުތަކަށް އޮންލައިންކޮށް ކަރަންޓަށް އެދެވޭ ގޮތް ހަދައިފި

ސްޓެލްކޯއާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ މީހުންގެ ތެރެއިން މިހާތަނަށް ކަރަންޓު ނުލިބޭ ފްލެޓުތަކަށް އޮންލައިންކޮށް އެ ހިދުމަތަށް އެދެވޭ ގޮތް ހަދައިފިއެވެ. އެ ކުންފުނިން ބުނީ ހިޔާގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. މީގެ ތެރެއިން ސޮއި ކުރީ 5828 ފަރާތަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯގެ ހިދުމަތް ހޯދަން އެއްބަސްވުންތަކުގައި ސޮއި ކުރި ފަރާތްތަކުގެ ތެރެއިން 95 އިންސައްތަ ފަރާތަކަށް ކަރަންޓުގެ ހިދުމަތް މިހާރު ވަނީ […]

ސްޓެލްކޯއިން ހިމަންދޫއަށް ޖަނަރޭޓަރެއް ގެންގޮސްފި
Business

ސްޓެލްކޯއިން ހިމަންދޫއަށް ޖަނަރޭޓަރެއް ގެންގޮސްފި

ސްޓެލްކޯ އިން އއ. ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފިއެވެ. އެ ކުންފުނިން ބުނީ، ހިމަންދޫގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާއި ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336 ކިލޮވޮޓުގެ މުޅިން އާ ޖަނަރޭޓަރެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމާ އެކު ހިމަންދޫގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ. ހިމަންދޫގައި މިހާރު ހުރީ 533 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އަދި އާ ޖަނަރޭ...

ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ: ސްޓެލްކޯ
Business

ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ: ސްޓެލްކޯ

ރަސްދޫގައި ހަދަމުންދާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މި އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި މއ...

މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް
Business

މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ފްލެޓު ލިބިފައިވާ މީހުން ހާޒިރުވާންވީ ގަޑި، އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓުގެތަޅުދަނޑި ހިފައިގެން ގަޑިއަށް ހާޒިރު ވުމަށް އެ ކުންފުނިން އެދެއެވެ. މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު […]

15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް މާދަމާ ކަރަންޓު ދޭނެ
Business

15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް މާދަމާ ކަރަންޓު ދޭނެ

ހިޔާ ފުލެޓުގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމާފައިވާ ކަމަށާއި، މާދަމާ އެ ދެ ޓަވަރަށް ކަރަންޓު ދޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯ އިން މިއަދު ބުނީ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އެ ދެޓަވަރަށް ކަރަންޓު ދޭނެ ކަމަަސް  އެ ކުންފުނިން ބުންޏެވެ. […]

ހިޔާ ފްލެޓްތަކުގެ 9 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުން ރަޖިސްޓްރީވާން ސްޓެލްކޯއިން އެދިއްޖެ
Business

ހިޔާ ފްލެޓްތަކުގެ 9 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުން ރަޖިސްޓްރީވާން ސްޓެލްކޯއިން އެދިއްޖެ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން ނުވަ ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުން ރަޖިސްޓްރީވާން ސްޓެލްކޯއިން އެދިއްޖެއެވެ. އެ ކުންފުނިން މިއަދު ބުނީ އެ ޓަވަރުން ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ސްޓެލްކޯ ހިދުމަތް ފޯމުގައި ސޮއި ނުކުރާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް މާދަމާ އެފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ ހިދުމަތް ފޯމުގައި ސޮއި ކުރުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00ން މެންދުރު 12:00އާ ދެމެދު ހުޅުމާލެ ހުރަވީ […]

ފްލެޓުތައް ކޮމިޝަންކޮށް ނިމެންދެން ހިޔާ ފްލެޓުތަކަށް ކަރަންޓު ނުދޭނެ
Business

ފްލެޓުތައް ކޮމިޝަންކޮށް ނިމެންދެން ހިޔާ ފްލެޓުތަކަށް ކަރަންޓު ނުދޭނެ

ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކޮށް ނިމެން ދެން ކަރަންޓުދިނުން މެދުކަނޑާލައިފިއެވެ. ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލީ ވަގުތީގޮތުން ކަމަށެވެ. ކަރަންޓު ދިނުން މެދުކަނޑާލީ މިިދިޔަ ހުކުރު ދުވަހު ހިޔާ ޓަވަރެއްގެލިފްޓު ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެން އެޗްޑީސީގެ އެންގުމާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ އެ މަސައްކަތްތައް ނިމި، ޚިދުމަތް ދިނުން […]

ކަރަންޓުގެ ސިނާއަތަށް އަންހެނުން ނެރުމަށް ސްޓެލްކޯއިން ހިތްވަރުދޭނެ: މުޣުނީ
Business

ކަރަންޓުގެ ސިނާއަތަށް އަންހެނުން ނެރުމަށް ސްޓެލްކޯއިން ހިތްވަރުދޭނެ: މުޣުނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ ކަރަންޓުގެ ސިނާއަތަށް އަންހެނުން ނެރޭ، އަދި މި ސިނާއަތައް ނުކުތުމަށް އަންހެނުންނަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ. މުޣުނީ މިހެން ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމި...

ސްޓެލްކޯގެ ބިމެއްގައި ހުރި މުދާ ސިޓީ ކައުންސިލުން ނަގައިފި
Business

ސްޓެލްކޯގެ ބިމެއްގައި ހުރި މުދާ ސިޓީ ކައުންސިލުން ނަގައިފި

ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ދީފައި އޮތް ބިމުގައި ހުރި މުދާ ނަގައިގެން މާލެ ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ބުނީ ސިޓީ ކައުންސިލުން ނަގާފައިވަނީ އެ ކުންފުނީގެ ބިމުގައި ހުރި ފެންސުތަކެއް ކަމަަށެވެ. އެ ފެންސުތައް މިހާރު ސިޓީ ކައުންސިލުން ބޭނުންކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްޓެލްކޯގެ އޮފިޝަލަކު ބުނީ ސިޓީ ކައުންސިލުން އެ ކުންފުނީގެ މުދާ ނެގީ ކުންފުންޏަށް އެންގުމަކާ ނުލައި […]

"އިންސްޓިޓިއުޝަން ބިލްޑިން" އެވޯޑު ސްޓެލްކޯއަށް
Business

"އިންސްޓިޓިއުޝަން ބިލްޑިން" އެވޯޑު ސްޓެލްކޯއަށް

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ “އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން” ގެ ޝަރަފުވެރި އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށްލިބިއްޖެއެވެ. މި އެވޯޑަކީ ސްޓެލްކޯއިން 72 އަހަރުގެ ހިދުމަތުގެ ރެކޯޑު އޮތުމާއެކު ކުންފުނި ކުރިއަރާ ގޮސްފައިވާ ގޮތާއި، ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކާއި، ހޯދަމުންދާކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެކެވެ. އެގޮތުން މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއްނެތް ކަރަންޓުގެ ޑިމާންޑަށް ކޭޓާކުރުމަށް...

އޭޝިއާ ބައްރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް މުޢުނީ
Business

އޭޝިއާ ބައްރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް މުޢުނީ

އޭޝިއާ ބައްރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް ސްޓެލްކޯ އެމްޑީ މުޢުނީ ހޮވިއްޖެއެވެ. ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގައި މުޣުނީއަށް ލިބުނީ “އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔާ” ގެ އެވޯޑެވެ.  މި އެވޯޑް މުޣުނީ އަށް ލިބުނީ އޭޝިއާ  ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގަ ފާހަގަކުރެވޭތީ އެވެ. އެގްސެމްޕަލަރީ ލީޑަރ އޮފް ދި އިޔަރ އަށް މުޣުނީ ހޮވުނު ސަބަބުތަކުގެ ތެރޭގައި، ސްޓެލްކޯގެ […]