ޖަނަވާރު ގެންގުޅުމަށް ޅައިމަގުން ބިން ދޫކުރަނީ
ދިރޭ ޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް ށ.ޅައިމަގުން 3 ބިން ކުއްޔަށް ދޫކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. ޅައިމަގު ކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއިން ކޮންމެ ބިމެއްގައިވެސް 2000 އަކަފޫޓު ހުންނާނެކަމަށެވެ. މިބިންތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުދާރުމަގުގެ ހުނޅަގުން ނެވެ. ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބިން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އެ އިދާރާއިން ދިރާސާކޮށް، ޕ...