ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރަން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ ކައުންސިލް ބައްދަލުވުމުގައެވެ. މި ނިންމުން ނިންމުމުގެ ކުރިން އެ ކައުންސިލް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދާފައެވެ. އަދި އެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދ...