Skip to main content
Topic Archive

#Shaviyani Funadhoo

238 Stories filed
ށ.އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ފުނަދޫ ކައުންސިލާއި ހަވާލުކޮށްފި
Thiladhunmathi News

ށ.އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ފުނަދޫ ކައުންސިލާއި ހަވާލުކޮށްފި

ށ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު އަތޮޅު ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަތޮޅު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށާއި އެކި ކަންކަމަށް އެހީތެރިވުމުގެ ގޮތުން ފުނަދޫ ކައުންސިލާއި އެކު އެމް.އޯޔޫގައި ސޮއިކޮށްފިއެވެ. މި އަހަރުގެ މި މުބާރާތް ހޯސްޓްކުރުމަށް ށ. އަތޮޅު ކައުންސިލުން ހުށަހެޅި އިރު އެއްވެސް ރަށަކުން ކުރިމަތިލާފައިނުވާތީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ ފުނަދޫގައެވެ. އެގޮތުން ށ. އަތޮޅު ކައުންސިލުން “ތިލަދުން” އަށް ބުނިގޮތުގައި...

''ނަލަވެށި-ށަވިޔަނި'' ޕްރޮގްރާމުގެ ދަށުން ފުނަދޫގެ ގޮނޑުދޮށް ސާފުކޮށްފި
Thiladhunmathi News

''ނަލަވެށި-ށަވިޔަނި'' ޕްރޮގްރާމުގެ ދަށުން ފުނަދޫގެ ގޮނޑުދޮށް ސާފުކޮށްފި

ދުނިޔޭގެ ކަނޑުތަކާއި ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ނަލަވެށި ށަވިޔަނި 2025” ޕްރޮގްރާމުގެ ދަށުން ށ. ފުނަދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ފުނަދޫ ދަށްފަޅުގެ އިރުމަތި އަދި ހުޅަނގު ފަރާތު ހޭޅި ސަރަހައްދާއި ނިކަގަސް ބީޗުގެ ސަރަހައްދުތައް ހިމެނޭހެން ފުނަދޫ ކައުންސިލާއި އެރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުން ވަނީ ސާފުކޮށްފައެވެ. ފުނަދޫ ކައުންސިލުގެ ރައީސް އަޙުމަދު އިބްރާހީމްފުޅު “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި މަސައްކަތުގެ ދަށުން...

އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާން ކޮށްފިއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ. އިސްލާމީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިއްޔެވެ. މި މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ އަގު 102،000 ރުފިޔާ އާއި 126،000 ރުފިޔާއާ ދެމެދުގައި ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. […]

ފުނަދޫއަށް އުދައެރުން، ނަރުދަމާގެ މެއިން ޕަމްޕްސްޓޭޝަން ގިރާލުމުގެ ބިރު!
Thiladhunmathi News

ފުނަދޫއަށް އުދައެރުން، ނަރުދަމާގެ މެއިން ޕަމްޕްސްޓޭޝަން ގިރާލުމުގެ ބިރު!

ށ.ފުނަދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕްސްޓޭޝަން ގިރާލައި އެ ނިޒާމަށް ގެއްލުންވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އެ ރަށަށް އުދައެރުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ބުނީ ކުރިން ދުވަހު ވެސް އެރަށަށް އުދައަރާފައިވާ ކަމަށާއި ނަމަވެސް އިއްޔެ (27 ޖޫން) މާބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އިއްޔެ އުދައަރާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ކަމަށާއި، އުދައެ...

މަސްތުވާތަކެއްޗާއެކު ފުނަދޫ އިން މާލޭ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެއްޗާއެކު ފުނަދޫ އިން މާލޭ މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހު 10 ވަނަ ދުވަހު ފުނަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖު/ މާލެ، އަބްދުالله މުޙައްމަދު ޙަބީބް (44އ) އެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައ...

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި
Raajje

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ށ. ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންތައް ފެށިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ. އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނީ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އަހްމަދު މުބީން ވިދާޅުވީ، “މިދަނޑިވަޅުގައި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހ...

ފަޔަރ ޓްރަކް މައްސަލަޖެހުމުން ފުނަދޫ އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލައިފި
Thiladhunmathi News

ފަޔަރ ޓްރަކް މައްސަލަޖެހުމުން ފުނަދޫ އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލައިފި

ށ.ފުނަދޫ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ފްލައިޓް އޮޕަރޭޓްކުރުން މެދުކަނޑާލައިފިއެވެ. ފުނަދޫ އެއާޕޯޓްގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަ ފަޔަރޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެ އެއާޕޯޓަށް މޯލްޑިވިއަނުން ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ފަޔަރޓްރަކަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެކަމަށް ހަތަރ...

ފުނަދޫގައި ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް
Thiladhunmathi News

ފުނަދޫގައި ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް

ށ. ފުނަދޫގައި ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތުގެ ސެޝަންތަކެއް ބާއްވަފިއެވެ. އެގޮތުން މި މައުލޫމާތުގެ ސެޝަންްތައް ބާއްވާފައިވަނީ ށ. އަތޮޅުގެ ފުލުހުންގެ އިސްނެގުމާއި ހިންގުމުގެ ދަށުން، ށ. ފުނަދޫ ކައުންސިލް އިދާރާއަށާއި، ށ. އަތޮޅު ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް ވަކި ވަކިންނެވެ. މި ސެޝަންތަކަކީ، ށ. އަތޮޅުގައި ސްކޭމްގެ މައްސަލަތައް ފެންމަތިވުމުގެ ސަބަބުން، މިފަދަ މައްސަލަތަކުގައި ބޭނުންކުރަމުން އަންނަ ވައްޓަފާޅިއާއި، މިފަދަ ކަންކަމުގައި ރައްކާތެރިވެވޭނެ ގޮތުގެ މައްޗަ...

ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
Thiladhunmathi News

ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތީން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނު މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އަމާޒުގެ ތެރެއިން ށ.އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ޕާސްޕޯޓްގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ. އިމިގްރޭޝަނުން ވިދާޅުވީ ށ.އަތޮޅުގައި ހިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން...

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ
Thiladhunmathi News

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހދ. ކުޅުދުއްފުށި ސިޓީގައި އޮންނަ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތިގައި، ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެކެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތ...

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ
Thiladhunmathi News

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ

ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އަދި ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތާއި އަދި ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައެވެ. ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް [...

ފްލެމިންގޯތައް ތިރިކޮށްލީ ފުނަދޫ ދަށްފަޅަށް
Thiladhunmathi News

ފްލެމިންގޯތައް ތިރިކޮށްލީ ފުނަދޫ ދަށްފަޅަށް

މި މަހުގެ ތިންވަނަ ދުވަހު ކުޅުދުއްފުށި މަށިކުޅިން ފެނުނު ފަސް ފްލެމިންގޯ، އެތަނުގައި ތިން ދުވަސް ހޭދަކުރުމަށް ފަހު ށ. ފުނަދުއަށް ގޮސްފިއެވެ. ފުނަދޫ ދަށްފަޅުން އެ ފަސް ފްލެމިންގޯ ފެންނަން ފަށާފައި ވަނީ އިއްޔެއެވެ. ފުނަދޫ ދަށް ފަޅުގައި ފްލެމިންގޯތައް ތިބިތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އަންނަނީ ދައުރު ކުރަމުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެންނަނީ ފަސް ޕްލެމިންގޯއެވެ. މި ދޫނި މި އަހަރު ފުރަތަމަ ފެނިފައި މިވަނީ […]

ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ
Thiladhunmathi News

ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ

ށ.ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އަދި އެޓްރެކްޝަން ހިމެނޭގޮތުން އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކުރުމާއިއެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ފުނަދޫގައި އޮންނަ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ހާއްސަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއް ގޮތަށް އުފެދިފައިވާ އެ ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ރާއްޖެއިން ބޭރުން ހިޖުރަކުރެއެވެ. އެ ފަޅަކީ ގިނަ އަދަދަކަށް “މަޑް ކްރެބް” އާލާވާ ތަނެކެވެ. އެތަނުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ […]

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ
Thiladhunmathi News

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ށ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެކި ސަރަހައްދުގައި ވަދު ކަނދުފަތި އެޅުމަށް ހުށަހެޅުންތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ. މި ސަރުކާރާއި ހަވާލުވިއި...

ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި
Thiladhunmathi News

ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ދިރިއުޅުމަށްޓަކައި ށ.ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 136 ވަނަ އާންމު ޖަލްސާގައެވެ. އެއަށްފަހު ގެވަޅު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއިއެކު އެ ރަށުން ދޫކުރާ 2000 އަކަފޫޓުގެ 90 ގެވަޅު ދޫކުރަން ނިންމާފައިވަނީ […]