Skip to main content
Topic Archive

#Shaviyani Funadhoo

238 Stories filed
ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ފްލޫ ކްލިނިކަށްދެއްކި 3 އަހަރުގެ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އިނގުނީ އިއްޔެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން 17 މީހަކު ކަރަންޓީނު ކުރެވިފައިވާކަމަށެވެ. “އެ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ، މިއަދު ވެސް ސާމްޕަލްތަކެއް އެބަ ނަގާ” […]

ފުނަދޫ ތުނޑި ސާފުކޮށްފި
Thiladhunmathi News

ފުނަދޫ ތުނޑި ސާފުކޮށްފި

ށ. ފުނަދޫ ތުނޑި ސާފުކޮށްފިއެވެ. ފުނަދޫ ތުނޑި ސާފުކުރުމުގެ ހަރަކާތަކީ މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އެރަށުގައި ހިންގާ ޖަމިއަޔާތައް ގުޅިގެން ބޭއްވުނު ހަރަކާތެކެވެ. ސާފުކުރުމުގެ މިހަރަކާތުގެ އިތުރުން އެރަށުގައި އިއްޔެވަނީ ތަފާތު އެކިކަހަލަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންދެވިފައެވެ. އޭގެތެރޭގައި، ވާދެމުމާއި ވޮލީ ބޯޅަ އަދި ބައިތު ބާޒީ ފަދަ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މި ހަރަކާތްތަކުގައި އ...

ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި
Thiladhunmathi News

ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ފުނަދޫގައި ހިންގި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފިއެވެ. 03 ޖުލައި 2021 އިން 16 ޖުލައި 2021 ގެ ނިޔަލަށް ޖުމްލަ ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 31 ފަރާތަކުން ބައިވެރިވެ 24 ފަރާތަކުން ވަނީ ކޭމްޕް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކޮށްފައެވެ. 16 ޖުލައި 2021 ވީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލުގައި […]

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި

ށ އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ. އައު ޔުނީފޯމު ތައާރަފް ކުރުމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ، މި ފަހަރު އަލަށް ތައާރަފް ކުރެވުނު މި ޔުނީފޯމްތަކަކީ ލާން ފަސޭހަ އަދި ބަލާލަން އެހާމެ ލޮލަށް ފަސޭހަ ޔުނީފޯމްތަކެއްކަމަށެވެ. މީގެ އިތުރުން، މި ޔުނީފޯމްގެ ސަބަބުން ވަޒީފާގެ ޝަހުސިއްޔަތާއި އަމިއްލަ ޝަހުސިއްޔަތު މަތިވެ ނަރުހުންގެ ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން މިފަދަ ބަދަލުތައް ގެނެސ...

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެ...

ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި
Thiladhunmathi News

ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ށ. ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ އިއްޔެ 22:44 ހާއިރު، އޭނާ ދިރިއުޅޭ ގެ ކައިރިން ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން މަސްތުވާތަކ...

ބިލު އޮތީ، އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހުން ގާނޫނަކުން ހުއްދަކުރެވޭ ގޮތަށް: ފުނަދޫ ކައުންސިލް
Thiladhunmathi News

ބިލު އޮތީ، އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހުން ގާނޫނަކުން ހުއްދަކުރެވޭ ގޮތަށް: ފުނަދޫ ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އޮތީ، ގާނޫނަކުން އިސްލާމްދީނަށާއި، މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ  محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަކޮށް ހަޖޫޖެހުން ޤާނޫނަކުން ހުއްދަކުރެވޭ ގޮތަށް ކަމަށް ށ. ފުނަދޫ ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް...

ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ގެއަކަށް ދިޔަ މީހަކު ޖޫރިމަނާކޮށްފި
Thiladhunmathi News

ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ގެއަކަށް ދިޔަ މީހަކު ޖޫރިމަނާކޮށްފި

ށ. ފުނަދޫގައި ހޯމް ކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް، އުސޫލާއި ހިލާފަށް ވަތް މީހަކު މިއަދު 5 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ބެލި ބެލުމުން، އެރަށުގައި ހޯމްކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް އުސޫލާ ހިލާފަށް މީހަކު ވަތް ކަމުގެ މައުލުމާތު މިއަދު ލިބުނު ކަމަށެވެ. އެކަން ފުނަދޫގައި ތިއްބަވާ ފުލުހުންނަށް އެންގުމުން، އުސޫލާއި ހިލާފަށް އެ ގެއަށް ވަތް […]

ފުނަދޫގައި ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
Thiladhunmathi News

ފުނަދޫގައި ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ޖެޓްސްކީ އެއްގައި ޖަހައިގެން ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ށ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙިމްފުޅު ތިލަދުން އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިގާފައިވާކަމަށެވެ. މިއަދު އެހާދިސާ ހިނގާފައިވަނީ މިއަދު 16:00 ހާއިރު ފުނަދޫ ދަށްފަޅުގައި ދުއްވި މޫދު ކުރިވަރުކުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައިކަމަށް ރައީސް ވިދާޅުވި އެވެ. ޖެޓްސްކީގައި ކަފަޖަހައިގެން ދުއްވި ފަންބެޑްގައި އެވަގުތު ދެކުދިން ތިބިކަމަށާއި...

މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް
Thiladhunmathi News

މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް

ށ. މިލަންދޫ މާބަނޑު މީހެއް ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަނިކޮށް، ގަނޑު ގަދަވެ އޭނާ ދަތުރުކުރި ލޯންޗަށް ދަތުރު ނުކުރެވިގެން ށ. ފުނަދޫއަށް ގެންގޮސްފިއެވެ. އެ އަންހެން މީހާ ދަތުރުކުރި ލޯންޗް ފުނަދޫއަށް ބަނދަރު ކުރީ 14:35 ގައެވެ. މިލަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު އެ އަންހެން މީހާއަކީ ވެސް ހޯމް ކަރަންޓީގައި ހުރި މީހެކެވެ. އެމީހާ ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމީ ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ކަރަންޓީނުގައި […]

ޕޮޒިޓިވް އަންހެންމީހާގެ ސިޒޭރިއަން ކާމިޔާބު
Thiladhunmathi News

ޕޮޒިޓިވް އަންހެންމީހާގެ ސިޒޭރިއަން ކާމިޔާބު

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި މިރޭ ސިޒޭރިއަންހެދި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މާބަނޑު މީހާގެ ސިޒޭރިއަން ކާމިޔާބު ކަމަށާއި، ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. މައުލޫމާތު ގޯސްނޫންނަމަ މިއީ، އަތޮޅުތަކުގެ ފެސިލިޓީއެއްގަ މިގޮތަށް މެނޭޖުކުރި ފުރަތަމަ ކޭހެވެ. އެ އަންހެން މީހާއަކީ ށ. ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެކެވެ. އެމީހާ ޖެހުނީ ސިޒޭރިއަންއެއް ހަދާށެވެ. އެއަންހެން މީހާއާއި އޭނާގެ ފިރިމީހާ ފުނަދޫއަށް ދަތުރުކުރީ...

ކަރަންޓީނުގަ ހުރި މާބަނޑު އަންހެނެއް ޕޮޒިޓިވް، ފުނަދޫގައި ސިޒޭރިއަން ހަދަނީ
Thiladhunmathi News

ކަރަންޓީނުގަ ހުރި މާބަނޑު އަންހެނެއް ޕޮޒިޓިވް، ފުނަދޫގައި ސިޒޭރިއަން ހަދަނީ

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހެއް ކޯވިޑް ނަވާރައަށް ޕޮޒިޓިވްވެއްޖެއެވެ. އެ އަންހެން މީހާއަކީ ށ. ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެކެވެ. އެމީހާ ޖެހެނީ ސިޒޭރިއަންއެއް ހަދާށެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެ އަންހެން މީހާ ޕޮޒިޓިވްކަން އެނގުނީ މިއަދު ސިޒޭރިއަންއަށް ވެއްދުމުގެ ކުރިން ކޯވިޑަށް ޓެސްޓް ކުރުމުން ކަމަށެވެ. “އޭނާ ޅައިމަގުގަ ހޯމް ކަރަންޓީނުގައި ހުރެފަ […]

ފުނަދޫ މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

ފުނަދޫ މޮނިޓަރިން ހާލަތުން ނަގައިފި

ށ. ފުނަދޫގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވުމުން އެރަށް މޮނިޓަރިން ހާލަތުން މިރޭ ވީއްލައިފިއެވެ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައީ، އެރަށު ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން އެރޭ 23:04 ގައެވެ. ޕޮޒިޓިވްވި ބިދޭސީންނަކީ ކަރަންޓީނު މުއަދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި ބައެއް ނަމަވެސް، އެރަށް މޮނިޓަރިންނަށްލީ ޕޮޒިޓިވްވި މީހުން ކަރަންޓީނު އުސޫލާ […]

ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ
Thiladhunmathi News

ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވުމާއެކު އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރޭ 23:04 ގައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. ފުނަދޫފައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެރަށް މޮނިޓަރިންގައި އޮތުމާއެކު ކޯވިޑް ބަލިއުޅޭ މިންވަރު ދެނެގަތުމަށް […]

ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި
Thiladhunmathi News

ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި

ށ. ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ގޭތަށް ކަރަންޓީނު ވީއްލައިފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 26 ގެއެއް ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވަނީ އެ ދަރިވަރާއި، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކުރި ހުރިހާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް...