ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި
ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިއަދުއެވެ. އެކަން އަންގާ އެޗްޕީއޭއިން ފުނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށް މޮނީޓަރިން ހާލަތަށް ގެނައީ ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. މިގޮތުން އެޗްޕީއޭގެ ހުއްދަނެތި ރަށުން ފޭބުމާއި، އެރަށަށް އެރުން މަނާކޮށްފައިވާކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ. ފުނަދޫ ބަންދުކޮށްފައި މިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކ...