ށ. ފޭދޫގައި ޓާފް ދަނޑެއް ތަރައްޤީ ކުރަނީ
ށ. ފޭދޫގައި ޓާފް އެޅި ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް ދެއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އެރަށުގެ ކައުންސިލާއި މަޝްވަރާ ބައްދަލުވުންތަކެއް ކުރެއްވުމަށް މިމަހުގެ 28 ވަނަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެފައިވަނީ އެރަށުގައި ޓާފް...