ކޮންމެ ޙާލަތެއްގައި ވެސް ޤައުމުގެ އަގު ހިފެހެއްޓުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ޤައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، ކޮންމެ ޙާލަތެއްގައި ވެސް ޤައުމުގެ އަގު ހިފެހެއްޓުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ، މިއަދު ކުރިއަށްދިޔަ ޑް ސްކައު25 ވަނަ ވޯލްޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ، ގައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނު...