ނައިފަރު ވެގެން ދާނީ ހައިސްޕީޑް ފެރީގެ ނިޒާމުގެ ރީޖަނަލް ހަބަކަށް: ރައީސް
ހައިސްޕީޑް ފެރީގެ ނިޒާމު ފުޅާވެގެން ދާއިރު ޅ. ނައިފަރު ވެގެން ދާނީ އެ ނިޒާމުގެ ތެރޭގައި ހިމެނޭ ރީޖަނަލް ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަ ފުޅުގައި ވަނީ ނައިފަރު ރައްޔިތުންގެ އެކި ކަންބޮޑުވުންތަކާއި، އެރަށަށް ބޭނުންވެފައިވާ...