މާލޭގެ ރަށްވެހިންނަށް 3000 ގޯތި ދޫކުރުމަށް މި މަހު އިޢުލާން ކުރަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، މާލޭގެ ރަށްވެހިންނަށް ދޫކުރާނެކަމަށް ވިދާޅުވި 5000 ގޯތީގެ ތެރެއިން ދޫކުރާ ފުރަތަމަ 3000 ގޯތި ދޫކުރަން މި މަސް ނިމުމުގެ ކުރިން އިޢުލާނު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ހޯދައިދިނުމުގެ ގޮތ...