Skip to main content
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
ފީވަކު ތަރައްގީއާއި ގުޅޭގޮތުން މަޝްވަރާކުރަން މިހާތަނަށް ބައްދަލުވި ހަމައެކަނި ރައީސަކީ، ރައީސް ޞާލިޙް: ކައުންސިލް
Raajje

ފީވަކު ތަރައްގީއާއި ގުޅޭގޮތުން މަޝްވަރާކުރަން މިހާތަނަށް ބައްދަލުވި ހަމައެކަނި ރައީސަކީ، ރައީސް ޞާލިޙް: ކައުންސިލް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހު، ށ. ފީވަކުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުޞަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަމަށް ފީވަކު ކައުންސިލުން ވިދާޅުވެއްޖެއެވެ. ފީވަކު ކައުންސިލް މެންބަރުން މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކ...

ހދ. އަތޮޅު ކައުންސިލްގެ މާލެ ދަތުރަށް، ރައީސްގެ އެޕޮއިންޓްމެންޓް ލިބޭނެގޮތެއް ނުވި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްގެ މާލެ ދަތުރަށް، ރައީސްގެ އެޕޮއިންޓްމެންޓް ލިބޭނެގޮތެއް ނުވި

ހދ. އަތޮޅު ކައުންސިލުން މާލެ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ގެ އެޕޮއިންޓްމެންޓްއެއް ލިބޭނެ ގޮތެއް ނުވި އެވެ. މިމަހުގެ 3 ވަނަ ދުވަހު އެކައުންސިލުން ފޮނުވި ސިޓީ އާއި ހަވާލާދެއްވާ ރައީސް އޮފީހުން މިމަހުގެ 7 ވަނަ ދުވަހު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، ރައީސް ކައުންސިލް ތަކާއި ބައްދަލުކުރައްވަނީ އެޕޮއިންޓްމަންޓަށް އެދި ކައުންސިލަކުން ސިޓީ ހުށަހަޅުއްވާ ތާރީޙްގެ ތަރުތީބުންކަމަށް ވާތީ، އެދިވަޑައިގެންފައިވާ ދުވަސްވަރުު ބައްދަލުކޮށްލެއްވުމެއް ހަމަޖައްސަވަން...

''މިތިބީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭން''
Raajje

''މިތިބީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭން''

ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިރާސީ އަހަރެއް ފެށޭ ދުވަހަކީ، ކުރިއެރުމާއި ތަރައްޤީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ، އަހަރެއްގެ ތެރޭގައި ބައްދަލުކުރާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. މިއަދު ދަރި...

ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި
Raajje

ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި އެވެ. ރައީސް މާލެ ވަޑައިގަންނަވައިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް އަށް މަރުޙަބާ ދެންނެވީ ނައިބް ރައީސް ފައިސަލް ނަސީމް އާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު […]

ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި
Raajje

ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. މިގޮތުން މި މަޝްރޫޢުގެ ރަސްމީކޮށް ފެށުމަށް އެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއިރ...

ރައީސް، އިންޑިއާއަށް ފުރާވަޑައިގެންފި
Raajje

ރައީސް، އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް ސާލިހް އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރެ...

ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް ރައީސަށް ދަންނަވައިފި
Raajje

ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް ރައީސަށް ދަންނަވައިފި

ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ދަންނަވައިފިއެވެ. އެމްޖޭއޭގެ މެމްބަރުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މިބައްދަލު ކުރެއްވުމުގައި އެމްޖޭއޭގެ ފަރާތުން ވަނީ، ހެއްކާބެހޭ ޤާނޫ...

ރައީސް ސޯލިޙްގެ ބޮލުގައި، ރައީސް ނަޝީދު އެޅުއްވި ތުޙުމަތަކީ "ކަނޑައެޅިގެން ދޮގު": ތަރުޖަމާނު
Raajje

ރައީސް ސޯލިޙްގެ ބޮލުގައި، ރައީސް ނަޝީދު އެޅުއްވި ތުޙުމަތަކީ "ކަނޑައެޅިގެން ދޮގު": ތަރުޖަމާނު

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ބޮލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެޅުއްވި ތުޙުމަތަކީ “ކަނޑައެޅިގެން ދޮގު” ކަމުގައި ސަރުކާރުންގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހް ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން މިނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމުގެ ޔަގީން...

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން: ރައީސް
Raajje

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން: ރައީސް

ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކޯވިޑާއި ގުޅިގެންނާއި، އަދި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭ އިޤުތިޞާދަށް އަރަމުންދާ ލޮޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެއަށ...

މިނިވަން ދުވަހުގެ އަސްކަރީ ޕެރޭޑް ރައީސް ބައްލަވާލައްވައިފި
Raajje

މިނިވަން ދުވަހުގެ އަސްކަރީ ޕެރޭޑް ރައީސް ބައްލަވާލައްވައިފި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ. މިއަދު ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައި ކުރިއަށްދިޔަ މިއަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، މިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ...

''މިނިވަންކަމަކީ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން''
Raajje

''މިނިވަންކަމަކީ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން''

ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަންދުވަހު މުނާސަބަތުގައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް...

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ތަސްދީޤު ކުރައްވައިފި
Raajje

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުޢާހަދާއެއް ކަމަށްވާ “ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ” ޤައުމީ ފެންވަރުގައި ތަންފީޛު ކުރުމެވެ. މި ޤާނޫނަކީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް...

ޖަރުމަނު ސަފީރަކަށް ޝާން، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ޝިއާން
Raajje

ޖަރުމަނު ސަފީރަކަށް ޝާން، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ޝިއާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް، ޢާއިޝަތު ޝާން ޝާކިރު ޢައްޔަނު ކުރަށްވައިފިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، އަޙްމަދު ޝިޢާން ވެސް ޢައްޔަނު ކުރަށްވާފައެވެ. އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް...

"ތަޢުލީމީ ޖީލެއް ބިނާކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް"
Raajje

"ތަޢުލީމީ ޖީލެއް ބިނާކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް"

ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ޤަ...

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް
Thiladhunmathi News

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް

ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށް ދެއްވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި 6 ދަރިވަރުންނަ...