ގައިދީން އެހެން ކުށްތަކަށް ދެވިހިފިޔަ ދީގެން ނުވާނެ: ރައީސް
އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ގައިދީންނަށް އިސްލާހުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއ...