އުރީދޫ އަހަރީ ދުވަހާ ގުޅިގެން އުރީދޫން އައު ހިދުމަތްތަކެއް
އަހަރީ ދުވަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް އައު ޚިދުމަތްތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. އުރީދޫން ބުނި ގޮތުގައި އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ފަށާނެއެވެ. މިއާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށިގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ ފައިވް-ޖީ ކަވަރޭޖް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ މިހާރު...