"1ހާސް1ހާސް" ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި
މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “1ހާސް1ހާސް” ޕްރޮމޯޝަނުގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެމްޑަބްލިއުއެސްސީީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފަ އެވެ. އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަން، އޮންލައިން ޕޯޓަލް، ޗެކު ނުވަތަ ނަގ...