މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަާދަމް އާޒިމެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ 33.7 މިލިއަން ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 29841 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 3546 […]