ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
ހއ. ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއު 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 18,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]