ޝަހީދު ޙުސައިން އާދަމްގެ ޖިހާދާމެދު ޝައްކު އުފަށްދާ މީހުންގެ ޤައުމިއްޔަތާ މެދު ޝައްކުއުފައްދަން: ޔާސިރު
ޝަހީދު ޙުސައިން އާދަމަކީ އުތުރުގެ ފަޚުރެއްކަމަށާއި، އެ ޝަހީދުގެ ޖިހާދާއިމެދު ޝައްކު އުފަށްދާ މީހުންގެ ޤައުމިއްޔަތާ މެދު ޝައްކުއުފައްދަވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިމޭރުމުން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ، އިންޝުއަރެންސްއާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ. ޔާސިރު ވިދާޅު...