ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (15)
ކުރީގެ ޢަދަދާއިގުޅޭ، ” އަހަރެން މިދަނީ އަހަރެންގެ ހިތްހަމަޖެހުމަށް! ދެން މި ގޮތެއް ބަދަލެއް ނުވާނެ! އަހަރެން އަންނަންދެން އިންތިޒާރު ކުރޭ! ” ނަދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޒައިންގެ އަޑުވެސް ގަދަވިއެވެ. ” އަހަރެންދެކެ ރުޅިއައިސްގެން ދާ މީހަކަށް ކޮން އިންތިޒާރެއް ކުރަންވީ؟” ޒައިން އެހެން ބުނުމުން ނަދާގެ ހިތް ތެޅިގަތެވެ. ޒައިން ގޯސް މަގަކަށް ހިނގައިދާނޭ ހިތަށް އެރުމާއެކު ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް އޭރުވެސް ގޮތްދޫކުރާކަށް ނަދާގެ ހިތެއް ނޭދުނެވެ. ” […]