މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (30)
ކުރީގެ އަދަދާއިގުޅޭ: ” ތެދެކޭ ދޯ.. ނޫޙުއަށް ބައްޕިއެއް ހޯދަނިއްޔޭދޯ މިހާރު..” މިފަހަރު ވާހަަކަ ދެއްކީ އަމީރާއެވެ. އެހެންކަމުން ޖާބިރުގެ އިތުރުން ނަވީންއަށްވެސް ވިސްނުނުގޮތުގައި އުޝާހުރީ ވަރިކޮށްފައެވެ. ހިނިތުންވެލަމުން ޖާބިރު ނޫހުގެ ބޮލުގައި ފިރުމާލިއެވެ. ލަދުން އިނދެ އުޝާއަށް ނަވީނަށް ބަލާލެވުނު އިރު ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ. އަވަސް އަވަހަށް އަނެއްކާވެސް އުޝާ އިސްޖަހާލިއެވެ. ފަހުމީއާ ޖާބިރު ކުރީގެ ހަނދާންތައް އާކުރަމުން ހެމުން ދިޔައެވެ. އެމީހުންނާ ބައިވެރިވެ، އަމީރާވެސް އިރުއިރުކޮޅު...