ކޭއާރުއެޗްއިން "އިންސްޓަގްރާމް" ބޭނުންކުރަން ފަށައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން، އެ ހޮސްޕިޓަލްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓެއްހަދައި ބޭނުންކުރަން ފަށައިފިއެވެ. ޒަމާނީ ފަހުގެ ގިނަ ބަދަލުތަކާއިއެކު ހިންގަމުން އަންނަ އުތުރުގެ މައި ހޮސްޕިޓަލުން އިންސްޓަގްރާމް ބޭނުންކުރަންފެށިއިރު، މިހާތަނަށް 107 މީހަކު ވަނީ އެ އެކައުންޓް ފްލޯކޮށްފަ އެވެ. އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ފޭސްބުކް، ޓުއިޓާ އަދި ވައިބަރ މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދެމުންނެވެ. މިގޮތުން އެ ހޮސްޕިޓަލުން އިންސްޓަގްރާމް ޕްލެޓްފޯމާއި ގުޅުމުން،...