Skip to main content
Topic Archive

#ހދ އަތޮޅު ކައުންސިލް

141 Stories filed
ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރު އޮތީ އަމިއްލަ އިޚްތިޔާރަކުނޫން: ސިރާޖް
Thiladhunmathi News

ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރު އޮތީ އަމިއްލަ އިޚްތިޔާރަކުނޫން: ސިރާޖް

ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރުއޮތީ އަމިއްލަ އިޚްތިޔާރަކުނޫން ކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކަކުން އިސްނަގައިގެން ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ބައްދަލުވުމުގެ މައުލޫކަމަށްވާ “ސަރަހައްދީ ބާރުވެރިކަން”އަށް އިޝާރާތް ކުރައްވައި ސިރާޖް ވިދާޅުވީ، ބާރުވެރި ނުވެގެން މިއުޅެނީ ކޮންކަމަކުން ކޮންގޮތަކުންތޯ އޭނާ ހިތަށް އަރާ ވަޑައި ގަންނަވާ ކަމަށެވެ. “...

ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން
Thiladhunmathi News

ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން

ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހޮވިއްޖެއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުން އޮތީ މިއަދުއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުމުންދޫ ރައީސް އަމީންއާއި މި އިންތިޚާބުގައި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރިނބީ ކައުންސިލް ރައީސް ޢަބުދުﷲ އަސްލަމެވެ. ހދ. ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި ކުމުންދޫ ރައީސް އަމީންއަށް 8 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރިނބީ ރައީސް އަސްލަމަށް ލިބިވަޑައ...

ހދ. އަތޮޅާއި ށ. އަތޮޅުގެ ކައުންސިލްތަކާއި ޓޫރިޒަމް މިނިސްޓްރީއިން ބައްދަލުކޮށްފި
Thiladhunmathi News

ހދ. އަތޮޅާއި ށ. އަތޮޅުގެ ކައުންސިލްތަކާއި ޓޫރިޒަމް މިނިސްޓްރީއިން ބައްދަލުކޮށްފި

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ “ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން” ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ހދ. އަތޮޅާއި ށ. އަތޮޅު ރަށްރަށު ކައުންސިލު ރައީސުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ހދ. އަދި ށ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓޫރިޒަމް މ...

އުތުރުގެ ކައުންސިލްތަކާއި ގެސްޓް ހައުސް އެސޯސިއޭޝަނުން ބައްދަލުކޮށްފި
Thiladhunmathi News

އުތުރުގެ ކައުންސިލްތަކާއި ގެސްޓް ހައުސް އެސޯސިއޭޝަނުން ބައްދަލުކޮށްފި

ގެސްޓް ހައުސް ވިޔާފާރި ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންނެވެ. އަދި މި ބައްދަލުވުމުގައި އަތޮޅު ކައުންސިލް ތަކުންނާއި އަދި ރަށު ކައުންސިލް ތަކުން ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ގެސްޓްހައުސްތައް ކުރިއެރުވުމަށާއި ކަންބޮޑުވުންތައް ހޯދައި އެކަންތައްތައް ހައްލުކުރުމަށް އެ އެ...

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވެސް ނޮޅިވަރަންފަރު ހޯދައިފި
News

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވެސް ނޮޅިވަރަންފަރު ހޯދައިފި

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ސްޕޯޓަސް ކުލަބް ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ. މުޅި މެޗުގައި ވެސް ނޮޅިވަރަންފަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް އެ […]

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު
Thiladhunmathi News

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ލައިކަންއާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 25 މާޗް 2021 ވީ ބުރާސްފަތި ދުވަހު ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ޓީމް ނައިވާދޫއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ނޮޅިވަރަންފަރު ޓ...

ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން
Thiladhunmathi News

ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން

މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ ހދ.އަތޮޅުގެ 5 ކައުންސިލަކުން ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހދ.އަތޮޅުގެ 5 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން އެ 5 ރަށު ކައުންސިލަކީ : ތިލ...

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން  ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން 09 މާޗް 2021 ގައި ބާއްވާފައިވާއިރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 މާޗް 2021 ވާ ހުކުރު ދުވަހުއެވެ. މާޗް މަހުގެ 12 އިން 28 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ […]

އަތޮޅު ކައުންސިލަށް މިދިޔަ އަހަރުގެ އަހަރީ ރިޕޯރޓް ފޮނުވީ ހދ. ގެ 4 ރަށަކުން
Thiladhunmathi News

އަތޮޅު ކައުންސިލަށް މިދިޔަ އަހަރުގެ އަހަރީ ރިޕޯރޓް ފޮނުވީ ހދ. ގެ 4 ރަށަކުން

ފާއިތުވި 2020 ވަނަ އަހަރުގެ ހދ.އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހދ. އަތޮޅު ކައުންސިލަށް ފޮނުވާފައިވަނީ އަތޮޅުގެ ހަތަރު ރަށަކުން ކަމުގައި ހދ. އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. ކަނޑައޅިފައިވާ މުއްދަތުގައި ރިޕޯޓް ފޮނުވާފައިވާ ރަށު ކައުންސިލް އިދާރާތަކަކީ ހދ. ހަނިމާދޫ ކައުންސިލް އިދާރާ، ހދ. ނެއްލައިދޫ ކައުންސިލް އިދާރާ، ހދ. ކުރިނބީ ކައުންސިލް އިދާރާގެ އިތުރުން ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާ އެވެ. ހދ.އަތޮޅު ކައުންސިލ...

ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް
Thiladhunmathi News

ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން އަތޮޅުތަކުގެ ބައިން އެންމެ ދަށް އިންޑެކްސް އެއް ހޯދި ކައުންސިލްއަކަށް ހދ. އަތޮޅު ކައުންސިލް ވެއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. މިގޮތުން ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާއިން އެއްވަ...

ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ނޮޅިވަރަންފަރުގައި، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ނޮޅިވަރަންފަރުގައި، ބައިވެރިވާން ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާންކޮގެން އެ އަތޮޅުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް ހދ. ނޮޅިވަރަންފަރުގައި ބާއްވަން ނިންމައި، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ހދ. އަތޮޅު ކައުންސިލުން މިއަދު ކުރި އިޢުލާންނުގައި ބުނެފައިވަނީ، މި މުބާރާތް ކުރިއަށްދާނީ އަންނަ 08 މާރިޗު 2021 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައި ކަމަށެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ހދ. އަތޮޅުގެ އަންހެން އަދި ފިރިހެން ވޮލީ ޓީމްތަކަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވ...

ހދ. އަތޮޅުގެ އާބާދީ 28094 އަށް!
Thiladhunmathi News

ހދ. އަތޮޅުގެ އާބާދީ 28094 އަށް!

2020 ވަނަ އަހަރު ނިމުން އިރު ހދ. އަތޮޅުގެ އާބާދީގެ ގޮތުގައި 28،094 (އަށާވީސް ހާސް ނުވަދިހަ ހަތަރެއް) މީހުން ރަޖިސްޓްރީ ކުރެވިފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން އެންމެ ފަހުން ނެރެފައިވާ ހިސާބުތަކުން ދައްކައިފި އެވެ. އެކައުންސިލުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު ހދ. އަތޮޅުގައި އެންމެ އާބާދީ ބޮޑީ ހދ. ކުޅުދުއްފުށި ސިޓީގައެވެ. އެސިޓީގައި 1475 ގޭބީސީއެއް ހުންނައިރު، އެރަށުގައި 10،399 މީހުން ރަޖިސްޓްރީ ކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އެއީ ހދ. އަތޮޅުގެ އާބާދީގެ 37% އެވެ. ދެވަނައަށް އެންމެ […]

ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް މާރިޗް މަހު ބާއްވަނީ
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް މާރިޗް މަހު ބާއްވަނީ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް މާރިޗް މަހު ބާއްވަން ނިންމާ ހޯސްޓް ކުރާނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި އެވެ. ހދ.އަތޮޅު ކައުންސިލުން މިއަދު ކުރި އިޢުލާންނުގައި ބުނެފައިވަނީ، ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އަންހެން އަދި ފިރިހެން ވޮލީ ބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު މާރިޗު މަހު ކަމަށާއި މިމުބާރާތް ހޯސްޓުކޮށްދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ. މި […]

ހދ. އަތޮޅު ކައުންސިލްއިން "ތިލަދެކުނު ވެށި ޓުއާ" ފަށަނީ
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްއިން "ތިލަދެކުނު ވެށި ޓުއާ" ފަށަނީ

“ތިލަދެކުނު ވެށި ޓުއާ”ގެ ނަމުގައި ހދ. އަތޮޅުގެ ރައްޔިތުން ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުލިބޭ ދަތުރުތަކެއް ފެށުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އަންނަ ހޮނިހިރު ދުވަހު މި ޓުއާގެ ފުރަތަމަ ދަތުރުކުރަން ނިންމައި، މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އަތޮޅު އަތޮޅު ކައުންސިލްގެ “މާރެސް” ލޯންޗްގައެވެ. މި ލޯންޗްގެ ޖާގައަކީ 20 އެވެ. މި ޓުއާގެ ފުރަތަމަ ދަތުރު އަންނަ ހޮނިހިރުގައި ކުރުމަށް ހަމަޖެހިފައިވަނީ […]

“ތިލަދެކުނު ވެށި ޓުއަރ” ގެ ނަމުގައި ތިލަދުންމަތީ ބައެއް ރަށްރަށަށް ދަތުރުތަކެއް
Thiladhunmathi News

“ތިލަދެކުނު ވެށި ޓުއަރ” ގެ ނަމުގައި ތިލަދުންމަތީ ބައެއް ރަށްރަށަށް ދަތުރުތަކެއް

ތިލަދުންމަތީގެ ބައެއް ރަށްރަށް ބަލާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް، “ތިލަދެކުނު ވެށިޓުއަރ” ގެ ނަމުގައި ކޮންމެ ހަފްތާ ބަންދެއްގައި ދަތުރުތަކެއް ފެށުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު އެކައުންސިލްގައި ބޭއްވި 162 ވަނަ ޢާންމު ބައްދަލު ވުމުގައި،މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 4 މެމްބަރުންގެ އިއްތިފާގުންނެވެ. އެކައުންސިލުން ބުނީ، ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު، ހއ، ހދ ގެ ވަކި ރަށަކަށް ނުވަތަ ދެރަކަށް، އަތޮޅު ކައުންސިލްގެ މާރ...