ކޯވިޑް-19: ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ހަދިޔާ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް
ހދ. ނޮޅިވަރަންފަރު ސްކޫލްގެ 51 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، ކޯވިޑް-19 އާއި ގުޅިގެން އެރަށުގެ ފްރޮންޓް ލައިންގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކަށް އެހީތެރިކަންދީ، އެފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އެކުގައި ތިބިކަން ދައްކުވައި ދީފިއެވެ. މިގޮތުން ނޮޅިވަރަންފަރު ސްކޫލުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެރަށުގައި އިސްކޮށް މަސައްކަތްކުރާ 3 މުއައްސަސާއަކަށް، ނޮޅިވަރަންފަރު ސްކޫލަށް މިއަހަރު ފުރޭ 51 އަހަރާއި ގުޅުވައިގެން 51 ފޭސް ޝީލްޑް ހަދައި، ހަދިޔާކޮށްފައިއެވެ. ނޮޅިވަރަންފަރު ސްކޫލ...