Skip to main content
Topic Archive

#ހދ ނޮޅިވަރަންފަރު

184 Stories filed
ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަނީ
Thiladhunmathi News

ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަނީ

ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދެވެ. ފުލުހުން ހާމަކުރަށްވާފަވާ ގޮތުގައި މިސްބާޙް ގެއްލިފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. ފުލުހުން ވަނީ އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މިގޮތުން ފުލުހުން ވަނީ މިސްބާޙުގެ ވަނަވަރާއި އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. We are appealing for your assistance in locating 25-year-old Misbah Mohamed, HDh....

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވެސް ނޮޅިވަރަންފަރު ހޯދައިފި
News

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވެސް ނޮޅިވަރަންފަރު ހޯދައިފި

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ސްޕޯޓަސް ކުލަބް ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ. މުޅި މެޗުގައި ވެސް ނޮޅިވަރަންފަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް އެ […]

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު
Thiladhunmathi News

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ލައިކަންއާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 25 މާޗް 2021 ވީ ބުރާސްފަތި ދުވަހު ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ޓީމް ނައިވާދޫއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ނޮޅިވަރަންފަރު ޓ...

ނޮޅިވަރަންފަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރިއަށް ގެންދަވާ ހަރަކާތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން، މިހިނގާ މާރިޗު މަހުގެ 16 ވަނަ ދުވަހު ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ރަށު ގޭބިސީތަކަށް ޒިޔާރަތްކޮށް ގޭބިސީތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީ...

ނޫމަޑިން ނޮޅިވަރަންފަރުގައި ނުނިންމާ ހުރި ހައުސިން މަސައްކަތްތައް އަނެއްކާވެސް ބީލަމަށް
Thiladhunmathi News

ނޫމަޑިން ނޮޅިވަރަންފަރުގައި ނުނިންމާ ހުރި ހައުސިން މަސައްކަތްތައް އަނެއްކާވެސް ބީލަމަށް

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއިން ހދ. ނޮޅިވަރަންފަރުގައި ފަށައި، ނުނިންމާ ހުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި އަނެއްކާވެސް ބީލަމަށް ލައިފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލާފައިވަނީ ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ނޮޅިވަރަންފަރުގައި 100 ހައުސިންގް ޔުނިޓުގެ މަސައްކަތް ކަމަށެވެ. ނޮޅިވަރ...

ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާއި ހަވާލުކޮށްފިއެވެ. ނޮޅިވަރަންފަރު ސްކޫލުން ބުނީ، އެއީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ސްކޫލްގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ކަމަށެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު ”ތިލަދުން”އަށް ވިދާޅުވީ، އެއީ އެ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުންގެ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ”2019 ވަނަ އަހަ...

ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ
Thiladhunmathi News

ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ

2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި ތިންރަށެއްގެ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހިތިބި 52 ޢާއިލާއަކަށް ހައުސިން ޔުނިޓްތައް ހަވާލުކޮށްފިއެވެ. އެ 52 ޢާއިލާ ނިސްބަތްވަތް ވަނީ ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއަށެވެ. އެ ރަށްތަކުގެ މީހުން ނޮޅިވަރަން ފަރަށް ބަދަލުކުރީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. މި ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލުކުރީ ޑިސެމްބަރު 18 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލު ކޮށްދެ...

ފުރަބަންދަށްފަހު ގުޅުން ބަދަހިކޮށްލަން، ނޮޅިވަރަންފަރު ސްކޫލް މުވައްޒަފުން ނަލަކޮށްލީ ސްކޫލްގެ ބަގީޗާ
Thiladhunmathi News

ފުރަބަންދަށްފަހު ގުޅުން ބަދަހިކޮށްލަން، ނޮޅިވަރަންފަރު ސްކޫލް މުވައްޒަފުން ނަލަކޮށްލީ ސްކޫލްގެ ބަގީޗާ

ކޯވިޑްގެ ހާލަތުގެ ސަބަބުން މުޅި ރާއްޖެ ފުރަބަންދަށްގޮސް، އަލުން އައު އާންމު ހާލަތުގައި ސްކޫލްގެ ހުޅުވާލުމާއިއެކު ޓީމް ވޯކް ރަނގަޅުކޮށް، ގުޅުން ބަދަހިކޮށްލަން ހދ. ނޮޅިވަރަންފަރު ސްކޫލްގެ މުވައްޒަފުން ކޮށްލީ ވަރަށް ތަފާތު ކަމެކެވެ. މިގޮތުން އެ ސްކޫލްގެ މުވައްޒަފުން ތިން ބަޔަށް ބަހާލައި، ސްކޫލްގެ ބަގީޗާވެސް ތިންބައި ކޮށްލައި، ސްކޫލުގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު ތިން ޓީމުން ފެށީ ސްކޫލްގެ ބަގީޗާ ޗާލު ކޮށްލުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށީ އެންމެ ރީތި ބަގީޗާ ހޮވާ […]

ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ފުލުހުން، ހދ. ނޮޅިވަރަންފަރު ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ، ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ. މީގެއިތުރުން ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކު...

ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު
Thiladhunmathi News

ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު

ހދ.އަތޮޅު ކައުންސިލުން އިސްނަގައިގެން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ބަނދަރު ޒީނަތްތެރިކުރުމުގެ މަޤުޞަދުގައި އެ ރަށްރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރުގައި ހެދުމަށް ހިންގޭ ޕްރޮގްރާމްގެ ތެރެއިން އެ އަތޮޅު ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ބަނދަރުގައި ހެދުމަށް ބޭނުންވާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު އެ ރަށްރަށުގެ ކައުންސިލުތަކުން ހުޅުވައިލައިފިއެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން 18 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒ...

ނޮޅިވަރަންފަރަށް ހިޖުރަކުރި 52 އާއިލާއަށް އަންނަމަހު ގެ ދޫކުރަނީ
Thiladhunmathi News

ނޮޅިވަރަންފަރަށް ހިޖުރަކުރި 52 އާއިލާއަށް އަންނަމަހު ގެ ދޫކުރަނީ

އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ހދ.ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާ ތަކުގެ ތެރެއިން ގެދޮރު ނުލިބޭ ފަރާތްތަކަށް އަންނަ ޑިސެންބަރު މަހު ގެ ދޫކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް ހައުސިންގް އިންފްރާސްޓަރަކްޗާރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުންނެވެ. މޮސްޓާ ވަނީ ނޮ...

Report

ތިލަދުންމަތީ ހުނަރުވެރިން: ޝާހިދާގެ ކޭކުތައް

ތަފާތު ރޮނގުރޮނގުން ހުނަރުވެރި ޒުވާނުން ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން ދެއެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އެ ހުނަރުވެރިންގެ ހުނަރުތައް ހިއްސާ ކުރަމުން އަންނަ އިރު ބައެއް ފަރާތްތަކުގެ ހުނަރުވެރި މަސައްކަތްތައް ފެނި މީހުން ހައިރާންވާ ފަހަރުވެސް އާދެއެވެ. ހދ. ނޮޅިވަރަމްފަރަށް އުފަން އެރަށު ރޯޅިވާގޭ އައިމިނަތު ޝާހިދާއަކީ ވެސް ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ކުރިއެރުން ތަކެއް ހޯދަމުން އަންނަ ހިވާގި ފިސާރި ކަނބަލެކެވެ. ކޭކަކުން ބޭނުން ކެރެކްޓާއ...

ނޮޅިވަރަންފަރު ޚަދީޖާ އެދެނީ އެހީތެރިކަމުގެ އަތަކަށް!
News

ނޮޅިވަރަންފަރު ޚަދީޖާ އެދެނީ އެހީތެރިކަމުގެ އަތަކަށް!

ހދ.ނޮޅިވަރަންފަރު، ބަޝީރީމަންޒިލް، ޚަދީޖާ ހަސަން އައިޑީކާޑް ނަމްބަރ A226477 ގެ ބޮލުގައި ބްރެއިން ޓިއުމަރއެއް އުފެދި ކުއްލި ގޮތަކަށް ދެވަނަ އޮޕަރޭޝަނެއް ކުރަން ޖެހުމާއި ގުޅިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. 59 އަހަރުގެ ޚަދީޖާގެ ބޮލުގައި ޓިއުމަރއެއް އުފެދުމާއި ގުޅިގެން ފުރަތަމަ އޮޕަރޭޝަންކޮށް އެ ޓިއުމަރ ނަގާފައިވަނީ 2018 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ކުރެވުނު އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނަށްފަހު ޚަދީޖާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައި ވީނަމަވެސް، އަނެއްކާވެސ...

Thiladhunmathi News

12 އަހަރުން ނުހެދުނު ނޮޅިވަރަންފަރު ޓްރެއިނިންގ ރިސޯޓް!

ހދ. ނޮޅިވަރަންފަރުގައި ޓްރެއިނިންގ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުން ނަގާ 81.44 ހެކްޓަރުގެ ބިމާއެކު ރަށުގެ ކަނޑޫފާ ހިމެނޭ ސަރަހައްދު ރިސޯޓް ތަރައްގީކުރަން ދޫކުރަން ނިންމާ އިޢުލާން ކުރީ 28 ޖުލައި 2008 ވަނަ އަހަރުއެވެ. މިކަން ސަރުކާރުން އިޢުލާން ކުރުން ވެގެންދިއައީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައްބަޔަކަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ހާއްސަކޮން ފަތުރުވެރިކަމަށް އަލަށް ނިކުންނަށް ބޭނުންވާ ފަރާތްތަކަށެވެ. ފަތުރުވެރިކަމުގެ ނަފާއިން މަޙްރޫމް ކުރެވިފައިވާ ހދ. އަތޮޅުގެ ރައްޔިތުން ކ...

ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު
Thiladhunmathi News

ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު

ޕޯޗްގީޒުންގެ އަނީވެރި ވެރިކަން ދިވެހިރާއްޖެއިން ފޮހެލައި، ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދަވައިދެއްވުމަށްފަހު މުޙައްމަދު ތަކުރުފާނު ރަސްކަމަށް އިސްވެ ފެއްޓިވި މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްމަސައްކަތަކީ ދީނީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ތިއްބެވި މަދު އިލްމުވެރިންގެ ބޭނުންހިއްޕަވާ އެބޭފުޅުންގެ އެހީތެރިކަމާއި މަދަދާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނީތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ. އެގޮތުން...