Skip to main content
Topic Archive

#ހދ. ނޮޅިވަރަމު

65 Stories filed
ހދ އަތޮޅު ޤުރުއާން މުބާރާތް ފަސްކޮށްފި
Thiladhunmathi News

ހދ އަތޮޅު ޤުރުއާން މުބާރާތް ފަސްކޮށްފި

މިއަހަރުގެ އޭޕްރީލް 16 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ފަސްކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިމުބާރާތް ފަސްކުރަން ޖެހުނީ ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ހާލަތު އިޢުލާންކޮށްފައިވުމުންނެވެ. އިއްޔެ ހދ އަތޮޅު ކައުންސިލް އިދާރާއިގައި ކުރިއަށްދިޔަ އެކައުންސިލްގެ 3 ވަނަ ދައުރުގެ 138 ވަނަ އާންމު ޖަލްސާގައި ނިންމާފައިވަނީ ރާއްޖޭގެ ހާލަތު އާންމު ހާލަތަށް ބަދަލުވުމުން މުބާރާތް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށެވެ. މިއަހަރުގެ […]

ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ދަންޑުވެރިކަމުގެ ޕްރޮގުރާމް ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ދަންޑުވެރިކަމުގެ ޕްރޮގުރާމް ނިންމާލައިފި

34 ބައިވެރިންނާއިއެކު ހދ. ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ދަންޑުވެރިކަމުގެ ޕްރޮގުރާމް ނިންމާލައިފި އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ހިންގި މި ޕުރޮގުރާމުގައި ގަސްގަހަށް ޖެހޭ ބަލި ދެނެގަންނާނެ ގޮތާއި ކާނަ ބޭނުން ކުރާނެ ގޮތް އަދި އެކި ކަހަލަ ކެމިކަލް ބޭސް ބޭނުން ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.   10 ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ މި ޕްރޮގުރާމްގައި ދަނޑުވެރިކަމުގެ ކޯސް ނިންމި ބައިވެރިންނަ...

ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި
Thiladhunmathi News

ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި

ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ނޮޅިވަރަމު ކައުންސިލުން އާންމު ކޮށްފިއެވެ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން ގޯތި ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އެރަށު ކައުންސިލުން އިއުލާނު ކުރީ މިއަދު އެވެ. އެރަށު ކައުންސިލުން މިއަދު ކުރި […]

ހދ އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ނިންމައިފި
Thiladhunmathi News

ހދ އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ނިންމައިފި

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ. ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައި އޮތީ ނޮޅިވަރަމުން އެކަންޏެވެ. އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެދުގައި ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ބައިވެރިވާ މުބާރާތެވެ. މިއަހަރުގެ އޭޕްރީލް 16 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހދ އަތޮޅުގެ ގިނަ ރަށްރަށު...

34 ބައިވެރިންނާއިއެކު ނޮޅިވަރަމުގައި ދަންޑުވެރިކަމުގެ ޕްރޮގުރާމެއް ފަށައިފި
Thiladhunmathi News

34 ބައިވެރިންނާއިއެކު ނޮޅިވަރަމުގައި ދަންޑުވެރިކަމުގެ ޕްރޮގުރާމެއް ފަށައިފި

34 ބައިވެރިންނާއިއެކު ހދ. ނޮޅިވަރަމުގައި ދަންޑުވެރިކަމުގެ ޕްރޮގުރާމެއް ފަށައިފި އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ހިންގާ މި ޕުރޮގުރާމުގައި ގަސްގަހަށް ޖެހޭ ބަލި ދެނެގަންނާނެ ގޮތާއި ކާނަ ބޭނުން ކުރާނެ ގޮތް އަދި އެކި ކަހަލަ ކެމިކަލް ބޭސް ބޭނުން ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. 10 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ޕްރޮގުރާމް ފެށީ އިއްޔެއެވެ. މިއަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް މި […]

ބަންދުކޮށްފައިވާ ފަތްތަކެއް ނޮޅިވަރަމަށް ލައްގައިފި
Thiladhunmathi News

ބަންދުކޮށްފައިވާ ފަތްތަކެއް ނޮޅިވަރަމަށް ލައްގައިފި

ބަންދުކޮށްފައިވާ ފަތްތަކެއް ހދ. ނޮޅިވަރަމަށް ލައްގައިފިއެވެ. ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް މިއަދު ހަވީރު އެރަށު ބަނދަރުގެ ދެކުނުކޮޅަށް ލައްގާފައިވާކަމަށެވެ. ތިލަދުންއާއި ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު ޕާރުސަލެއް އެރަށަށް ލައްގާފައިވާކަމަށާއި އެ ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން އެނގުނު ކަމަށެވެ. ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ފަތްތަކެއް ކަމެއް ނޭނގޭ ކަމަށާއި، އެތަކެތި މިހާރު ފުލުހުންގެ ބެލުމު...

ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތް 1441 ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައިވާކަމަށް އެކަންސިލުން ބުނެފިއެވެ. އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް” ފުރިހަމަ ކުރުމަށްފަހު 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެއިދާރާއަށް ހުށަހެޅުއްވުން އެދިފައި...

ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި
Thiladhunmathi News

ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ‏އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25,269,605.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. https://twitter.com/monpimv/status/1217731842721247233?s=21 ހ.ދ ނޮޅިވަރަމުގައި ފެނުގެ ނިޒާމު ޤާއިމް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 2...

އަޅުގަނޑުގެ ތަޞައްވަރު: ނޮޅިވަރަމު- ފަތުރުވެރިކަމަށް ތައްޔާރުވުން
Column

އަޅުގަނޑުގެ ތަޞައްވަރު: ނޮޅިވަރަމު- ފަތުރުވެރިކަމަށް ތައްޔާރުވުން

މި ލިޔުމަކީ ކުރިން 2009 ގައި، ނޮޅިވަރަމު އޮންލައިނަށް ލިޔުނު ލިޔުމެކެވެ. އެ ފަހަރުގެ ސުރުޚީއަކީ، “ނާގޯށި ރިސޯޓު ހުޅުވަން ވާއިރަށް، މަރުހަބާކިޔުމަށް ތައްޔާރުވުން” އެވެ. އެއީ އެއަހަރު ނާގޯށި ރިސޯޓު ހުޅުވާނެކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ފެނުމާ ގުޅިގެން ލިޔުނު ލިޔުމެކެވެ. މި ތަސައްވަރަކީ އަޅުގަނޑު ވަރަށް ކުރީއްސުރެ ގެންގުޅޭ ތަސައްވަރެކެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެގެން އަންނަ އިރު، އެކަމުގެ މަންފާ ނޮޅިވަރަމަށް ހޯދިދާނެ ގޮތުގެ ތަސައްވަރެވެ. މިފަހަރު މި ލިޔަނީ މިހާރުގެ ހާލަތާ […]

ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް!
Thiladhunmathi News

ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް!

ނޮޅިވަރަމުގައި އާންމު ރައްޔިތުންގެ އެކިއެކި ބޭނުންތަކަށާއި ބައެއްފަރާތް ތަކުން ވިޔަފާރި އުސޫލުން ގައު އަޅާވިއްކުމަށް މިދުވަސްވަރު ގޮނޑުދޮށުން ގިނައަދަދަކަށް ވެލި ނަގަމުންދާތީވެ ރަށް ގިރުމުގެ މައްސަލަމިވަނީ ވަރަށް ބޮޑު ވެފައެވެ. މިދުވަސްވަރު އާދަޔާހިލާފަށް ނޮޅިވަރަމުން ވެލިނަގަމުން ދާތީ އަމިއްލަ ފަރާތަކުން ވަނީ އީ.ޕީ.އޭ އަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި މިމައްސަލަ މިހާރު އީ.ޕީ.އޭ އިން  ބަލަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިނޫހަށް މަޢުލޫމާތު ދެމުން ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބު...

ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް
Thiladhunmathi News

ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް

ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފަސާގެ އިނާމެއް ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސްނަމާދުކުރާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް ދޭން، އެރަށުގެ ޖަމްއިއްޔާއަކުން ނިންމައިފި އެވެ. އެގޮތަށް ފައިސާ ދޭން ނިންމާފައި ވަނީ ނޮޅިވަރަމްގެ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތުއް ރިސާލާއިންނެެވެ. އެ ހަރަކާތުގައި ބައިވެރިވާކަން އެންގުމަށް ނަން ނޯޓް ކުރަން ޖެހެއެވެ. މިހަރަކާތުގައި ބައިވެެރިވެ އިނާމު ލިބޭނީ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެކަންޏެވެ. އެޖަމްއިއްޔާއިން ވަނީ މިހަރަކާތުގަ...

ނޮޅިވަރަމް ސްކޫލުގައި 6 ކުލާސް ރޫމް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި
Thiladhunmathi News

ނޮޅިވަރަމް ސްކޫލުގައި 6 ކުލާސް ރޫމް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ހދ ނޮޅިވަރަމް ސްކޫލަށް އަލަށް އިތުރުކުރެވޭ 6 ކުލާސް ރޫމްގެ މަސައްކަތް ކުރުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފި އެވެ. ނޮޅިވަރަމް ސްކޫލްގެ 6 ކުލާސް ރޫމް އެޅުމުގެ މަސައްކަތުގެ އިތުރު ގއ ގެމަނަފުށީ ސްކޫލުގައި 10 ކުލާސް އެޅުމަށްވެސް ހަވާލުކުރީ ސްފިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެވެ. ގއ.ގެމަނަފުށި ސްކޫލްގައި 10 ކްލާސްރޫމް އަދި ހދ.ނޮޅިވަރަމް ސްކޫލްގައި 06 ކްލާސްރޫމް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން@aisthly pic.twitter.com/zS9tCV20zB — Ministry of Educat...

ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި
Thiladhunmathi News

ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި

ހދ. ނޮޅިވަރަމުން ދޫކުރި 75 ބަންޑާރަގޯތި ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އަލުން އެކުލަވާލުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ނޮޅިވަރަމް ކައުންސިލާ ދެކޮޅަށް އެރަށު ކޯޓަށް ތިން ފަރާތަކުން ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދު އިއްވި ހުކުމުގައެވެ. އަދި އެ ހުކުމުގައި މިހާރު ބަނ...

"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް"
Thiladhunmathi News

"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް"

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު” އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ. ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އ...

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި
Thiladhunmathi News

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި އެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ގޯތި ހޯދުމަށް ނޮޅިވަރަމް ކައުންސިލަށް ހުށައަޅާފައިވާ ފަރާތަކުން އެފަރާތަށް ޕޮއިންޓް ދިނުމުގައި ކައުންސިލުން އިހުމާލު ވެފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީވެ، އެފަރާތުން ހުށައަޅާފައިވާ މައްސަލާއިގައި ވަކި ގޮތެއް ނިމެންދެން ކައުންސިލުން އެގޯތިތަކުގެ އެއްވެސް މަސައްކަތެއް ނ...