ނޮޅިވަރަމް އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ސްޓެއިންއަށް
ހދ. ނޮޅިވަރަމުގައި އުފެދިފައިވާ ޒުވާން ޓީމެއް ކަމުގައިވާ “މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)” ޓީމުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބޭއްވި “އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓް 2020” ޗެމްޕިއަންކަން ސްޓެއިން ޓީމުން ހޯދައިފިއެވެ. 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު ޓީމް ސްޓެއިން ކާމިޔާބު ކޮށްފައިވަނީ، ފައިނަލް މެޗުގައި ކަންމަތި ޓީމާއި ބައްދަލުކޮށް 6-2 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކިއެކި މަޤާމްތަކަށް ހޮވުނު […]