Skip to main content
Topic Archive

#ހދ ނައިވާދޫ

124 Stories filed
ގޯލްޑަން ފުޓްސަލް ހދ. ފައިނަލުގައި ނައިވާދޫ އާއި ނޮޅިވަރަންފަރުގެ ކުރިމަތިލުމެއް
Thiladhunmathi News

ގޯލްޑަން ފުޓްސަލް ހދ. ފައިނަލުގައި ނައިވާދޫ އާއި ނޮޅިވަރަންފަރުގެ ކުރިމަތިލުމެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގެ ޖާގަތައް، ނޮޅިވަރަންފަރާއި ނައިވާދޫއިން ކަށަވަރުކޮށްފިއެވެ. މުބާރާތުގެ ފައިނަލުގެ ޖާގައެއް ނޮޅިވަރަންފަރުން ފުރަތަމަ ފަހަރަށް ކަށަވަރުކުރީ ސެމީ ފައިނަލުގައި ފިނޭގެ މައްޗަށް 0-3 އިން ކުރިހޯދައިގެންނެވެ. މި މެޗުގައި ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އަކްރަމް އަބްދުލް ރަޝީދާއި އިބްރާޙީމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން މުޙައްމަދު ރިޔާޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަންފަރުގެ އަކްރަމްއެވެ. ނޮޅިވަރަންފަރުން ސެމީ ފައ...

ތިލަދެކުނު ފުޓްސަލް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫ އަށް
Thiladhunmathi News

ތިލަދެކުނު ފުޓްސަލް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫ އަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫގެ ޓްރޭނާސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ރަށުގައި ތަށި ބެހެއްޓުމުގެ އަޒުމުގައި ނުކުތް ނައިވާދޫ ޗެމްޕިއަންކަން ހޯދީ ދެ ތަށި ރަށަށް ގެންދިޔުމުގެ އުންމީދުގައި ނުކުތް ކުމުންދޫގެ ބީޗު ސިޓީ 2-0 އިން ބަލިކޮށްގެންނެވެ. ނައިވާދޫގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުޅި މުބާރާތުގައި ވެސް އިތުބާރާއެކު ކުޅެމުން އަނ...

ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް
Thiladhunmathi News

ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗު ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް އޮންނަ ރަށަށް ނިސްބަތްވާ ޓްރޭނާސްގެ އިތުރުން އަޅޭ އެފްސީއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލީޑުނެގީ ޓްރޭނާސް އިންނެވެ. އެއީ ފުރަތަމަ […]

ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް
Thiladhunmathi News

ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް

ހދ. ނައިވާދޫގައި 96 ބައިވެރިންނާއެކު ވޮލީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނައިވާދޫ ކައުންސިލް އަދި ނައިވާދޫ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހދ. ޕޮލިހުން ބުނިގޮތުގައި އެ ރަށުގެ ދެޖިންސްގެ ކުދިބޮޑު އެންމެނަށް ކުރިއަށް ގެންދެވުނު ވޮލީ ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 96 ފަރާތުން ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 96 ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ އަންހެން 40 ބައިވެރިންނެވެ. އަދި ކުޑަކު...

ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ނައިވާދޫއިން 18 ބިމެއް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ނައިވާދޫއިން 18 ބިމެއް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އިން އެރަށުން އެކި އެކި ބޭނުންތަކަށް ޖުމްލަ 18 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ޚާއްސަކޮށްގެންނެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ދަނޑުވެރިކަމަށް 4 ބިން، ކެފޭ/ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ސްވޮނިއަރ...

ނައިވާދޫ ހަތަރު ބިމެއް ވިއްކުމަށް ހުޅުވާލައިފި
Thiladhunmathi News

ނައިވާދޫ ހަތަރު ބިމެއް ވިއްކުމަށް ހުޅުވާލައިފި

ހދ. ނައިވާދޫއިން ވިއްކުމަށް ހަމަޖެހިފައިވާ 8 ބިމުގެ ތެރެއިން ނުވިކި އޮތް 4 ބިން ވިއްކުމަށް ނައިވާދޫ ކައުންސިލް އިދާރާއިން ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލައިފިއެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑު މިނަކީ އިން 3000 އަކަފޫޓެވެ. ނައިވާދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެ ރަށުން ވިއްކުމަށް ހަމަޖެހިފައިވާ 4 ބިން ވިއްކުމަށް ހުޅުވާލެވިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/250 ރުފިޔާކަމަށެވެ. އަދި މި ބިންތައް [...

ނައިވާދޫއަށް ފުރިހަމަ ފުޓްބޯޅަ ދަނޑެއް، މަގު ހަދައިދީ ކަރަންޓްގެ މައްސަލަ ވެސް ހައްލުކޮށްދޭނެ
Raajje

ނައިވާދޫއަށް ފުރިހަމަ ފުޓްބޯޅަ ދަނޑެއް، މަގު ހަދައިދީ ކަރަންޓްގެ މައްސަލަ ވެސް ހައްލުކޮށްދޭނެ

ހދ. ނައިވާދޫގެ ރައްޔިތުންނަށް ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް އަޅައިދީ، ރަށުގެ މަގުތައް ހަދައި، ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. ރަށުގެ ތަރައްޤީއަށް ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ތަރައްޤީކުރުން ހިމެނޭއިރު، ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ ރައ...

ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެ...

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
Raajje

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދީޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ނައިވާދޫ އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދްމް ޝަރީފު ޢުމަރެވެ. ނައިވާދޫ ކައުންސިލް އިދާރާގެ އިމާރާތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަ...

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި
Thiladhunmathi News

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ...

ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ނައިވާދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއި...

ނާވައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

ނާވައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެގޮތުން ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި މަޝްރޫޢު އާއި ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަސައްކަތުު ދަށުން ކޭވޯލް އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މ...

ނައިވާދޫގައި ޕަޑީ އޯޕަން ވޯޓަރ ޑައިވްކޯހެއް ފަށައިފި
Raajje

ނައިވާދޫގައި ޕަޑީ އޯޕަން ވޯޓަރ ޑައިވްކޯހެއް ފަށައިފި

ހދ. ނައިވާދޫގައި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯހެއް ފަށައިފިއެވެ. މި ކޯހަކީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ފަންޑުކޮށްގެން ކުރިއަށް ގެންދާ ކޯހެއްކަމަށް މަޢުލޫމާތު ލިބެއެވެ. ނައިވާދޫ ޑައިވް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ މި ކޯސް ކިޔަވައިދެނީ ނައިވާދޫ ޑައިވް އެންޑް ވޯޓަރސްޕޯޓްސްގެ އޯނަރ އިންސްޓްރަކްޓަރ މަންސޫރު ޢަލީއެވެ. މި ކޯސް ނިންމުމާއި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ނައިވާދޫގައި މެއި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ވަނީ […]

ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް
Business

ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް

ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނޭހެން 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން މޯލްޑިވްސް ޓްރަންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ރާއްޖޭގެ މި ޖަޒީރާ ރަށްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ރަނގަޅަށް އުނގެނުމުގެ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ތައުލީމީ އިންފްރާސޓްރަކްޗަރ ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި މަސްރޫޢުތައް ހިންގުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ކުންފ...

ނައިވާދޫގެ ކާމިޔާބީގައި ސަޕޯޓަރުންގެ އާދަޔާޚިލާފް ހިތްވަރު
Thiladhunmathi News

ނައިވާދޫގެ ކާމިޔާބީގައި ސަޕޯޓަރުންގެ އާދަޔާޚިލާފް ހިތްވަރު

ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގެ މި އަހަރުގެ މުބާރާތުގެ ފައިނަލް މިރޭ 20:00 ގައި ފެށެން ކުޑަތަންވަމުން އަންނައިރު، މިރޭގެ މެޗަށް އެ ޓީމުގެ ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިރޭ ނައިވާދޫ ނުކުންނާނީ މުބާރާތުގައި އަލަށް ފައިނަލުގައި ކުޅޭ ކާށިދޫއާއި ދެކޮޅަށެވެ. މި މުބާރާތުގައި ނައިވާދޫއިން ދައްކަމުންދާ މޮޅު ކުޅުމާއި، އެ ޓީމުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ދައުރު ފާހަގަކޮށްލެވެއެވެ. މި އަހަރުގެ މުބާރާތް ފެށުނީއްސުރެ ނައިވާދޫއިން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. އަތޮޅު ފައިނަލުން...