Skip to main content
Topic Archive

#Haa Alif Dhidhdhoo

776 Stories filed
ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
Thiladhunmathi News

ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންއަންނަ ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރިސޯޓްތަކުން، އެތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދިއްދޫ ކައުންސިލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް -19 ގެ ބަލިމަޑު ކަމުގެ ސަބަބުން، ޢާއްމު...

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި
Thiladhunmathi News

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި

ހއ. އަތޮޅު ހޮސްޕިޓަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ސްޕޮންސަރ ކޮށްފި އެވެ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން މއިަދު ބުނެފައިވަނީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދޭ ޖޫސް ޕެކެޓް ސްޕޮންސާރ ކުރިކަމުގެ ލިޔުން ހއ. އަތޮޅު ހޮސްޕިޓަލް އަށް ހަވާލުކޮށްފައިވާނެކަމަށެވެ. އެ ކުލަބުގެ ރައީސް ނަޝްވާން އިބްރާހިމް މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ލޭ ހަދިޔާ ކުރާ […]

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި
Thiladhunmathi News

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫ ދާއިރާ ގެ މެންބަރ ޢަބްދުﷲ ވަޙީދު ހއ. ދިއްދޫގެ ބައެއް ޒުވާނުންގެ ޚިޔާލު ހޯއްދަވައިފިއެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމާ ބެހޭ ބިލާއި އެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫގެ ބައެއް ޒުވާނުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއެކު ރޭ އަބްދުﷲ ވަހީދުވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ބައްދަލުކުއްރަވާފައެވެ. މި ބައްދަލު ކުރެއްވުމާއި ބެހޭގޮތުން ވަހީދު […]

ކަނޑައެޅިފައިވާ ގާނޫނުތަކުގައިވާ ހަމަތަކުގެ މަތިން ކަންކަން ނިންމެންޖެހޭނެ: ވަހީދު
Parliament

ކަނޑައެޅިފައިވާ ގާނޫނުތަކުގައިވާ ހަމަތަކުގެ މަތިން ކަންކަން ނިންމެންޖެހޭނެ: ވަހީދު

ރާއްޖޭގައި ގާނޫނު އަސާސީއެއް ކަނޑައެޅިފައިވާ ކަމަށާއި އެހެންކަމުން ނިންމާ ނިންމުންތައް ނިމިގެންދާންޖެހޭނީ ގާނޫނު ތަކުގައިވާ ހަމަތަކުގެ މަތިންކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާނޫނުން އިންތިހާބު ބާއްވަންޖެހޭ މުއްދަތު ކަނޑައެޅިފައި އޮތް ކަމަށާއި ނ...

ދިއްދޫ ޒުވާނުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި
Thiladhunmathi News

ދިއްދޫ ޒުވާނުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ހއ. ދިއްދޫ ޒުވާނުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަޚްލޫފު މިރޭ ދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ އަބްދު ﷲ ވަހީދު ވިދާޅުވެއްޖެއެވެ. ދިއްދޫގެ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް މިރޭ ވަނީ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު އާއި ދިއްދޫގެ ކްލަބްތަކާއި، ދިއްދޫ ކައުންސިލާއ...

ދިއްދޫ ޒުވާނުން ނުކުމެ ދެކުނު ދަނޑުގެ މަސައްކަތް ހުއްޓުވައިފި
Thiladhunmathi News

ދިއްދޫ ޒުވާނުން ނުކުމެ ދެކުނު ދަނޑުގެ މަސައްކަތް ހުއްޓުވައިފި

ހއ ދިއްދޫގައި ޒުވާނުންތަކެއް ނުކުމެ ދިއްދޫގައި ހަދަމުންދާ ޓާފް ދަނޑުގެ ސަބްބޭސް މަސައްކަތް ހުއްޓުވައިފި އެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ޓާފްގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިއްދޫ ޒުވާނުން ނިކުމެ ދަނޑުގައި މިހާރު ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓުވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ދަނޑުގެ މަސައްކަތުގެ ފެންވަރު ދައްވުމާއި ގުޅިގެން ދިއްދޫ ޒުވާނުން އެތަނަށް އެއްވުމާއި ގުޅިގެން މިނިސްޓްރީއާއި މަސްވަރާކުރުމަށް ފަހުގައި ނޫނީ މަސައްކަތް ކުރިއަށ...

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު މަސައްކަތެއް ނުކުރޭ!
Parliament

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު މަސައްކަތެއް ނުކުރޭ!

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ބޯޑުގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އޮންލައިންކޮށް އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަޙީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ މެމްބަރުންގެ މަސައްކަތްތަކާއި ބެހޭގޮތުން އަބްދުﷲ ވަހީދު ކުރެއްވި ސުވާލަށް ޖަވާބު...

ދިއްދޫގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެންނަނީ
Thiladhunmathi News

ދިއްދޫގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެންނަނީ

ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން  މާދަމާ، 25 މޭ 2020 ވަނަ ދުވަހު ވަހުގެ ހަވީރު 6:00 އިން ފެށިގެން ނިމުމަކަށް ގެންނަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން، 25 މޭ 2020 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އުވާލުމަށްފަހު، މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތައް އިތުރަށް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ. ފުރަބަންދު […]

ދިއްގާ ފައުންޑޭޝަންއިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީއެއް!
Thiladhunmathi News

ދިއްގާ ފައުންޑޭޝަންއިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީއެއް!

ހއ ދިއްދޫގައި އަލަން އުފައްދާ ޖަމިއްޔާއެއް ކަމަށްވާ ދިއްގާ ފައުންޑޭޝަން ދިއްދޫ (ޑީއެފްޑީ) އިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް 5 ޕީޕީއީ އާއި 200 ސާޖިކަލް ފޭސް މާސްކު ހަދިޔާކޮށްފިއެވެ. މިތަކެތި ހއ. އަތޮޅު ހޮސްޕިޓަލް އާއި ހަވާލުކޮށްދެއްވީ މިވަގުތު ދިއްދޫގައި ތިބި ދިއްގާ  ފައުންޑޭޝަންގެ ބައެއް މެންބަރުންކަމަށް އެޖަމިއްޔާ އިން މަޢުލޫމާތުދެއެވެ. ދިއްގާ ފައުންޑޭޝަން އަކީ ދިއްދޫގެ ދިއްގާ އާއިލާއަށް ނިސްބަތްވާ ޖަމިއްޔާއެކެވެ. މި ފައުންޑޭޝަން އަކީ ދިއްގާ އާއިލާއަށް ނިސްބަތްވާ ފާތިމަތު އާދަމް […]

ދިއްދޫގެ ކުލަބުތަކުގެ މެދުގައި ފޯރިގަދަ ފޭން ބޭސް ކަޕެއް
Thiladhunmathi News

ދިއްދޫގެ ކުލަބުތަކުގެ މެދުގައި ފޯރިގަދަ ފޭން ބޭސް ކަޕެއް

ހއ. ދިއްދޫގެ ވާދަވެރި ފުޓްބޯޅަ ކުލަބުތަކުގެ މެދުގައި ފޯރިގަދަ ފޭން ބޭސް ކަޕެއް ދިއްދޫ އޮންލައިންގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ. ދިއްދޫ އޮންލައިންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ފުރަބަނދާއި އަދި ރޯދަމަހާއި ދިމާކޮށް ކުރިއަށް ގެންދިޔަ ފޭން ބޭސްކަޕެއް ކަމަށެވެ. މި ކަޕުގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިޓީމް ތަކަކީ އެޗް އެން ސްޕރޯޓްސް ކުލަބް، ލައިކެން ސްޕޯރޓްސް، ބީއެކްސް ސްޕޯރޓްސް ކުލަބް، ރިއަލް ޓީ ސްޕޯރޓްސް ކުލަބް، މިޑްލްސް ސްޕޯރޓްސް ކުލަބް، […]

ކޯވިޑް-19: ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފި
Thiladhunmathi News

ކޯވިޑް-19: ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފި

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހއ. ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެފިޔަވަޅުތަކަށް އަމަލުކޮށް ދިނުމަށް ދިއްދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކިބައިން އެދެފިއެވެ. އެކަމާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއި އަދި ކުރިއަށްއޮތް 2 ހަފްތާއަކީ ބަލިފެތުރޭ މިންވަރު އެންމެ މައްޗަށް ދާނެކަމަށް ލަފާކުރެވޭ ދެ ހަފްތާކަމަށްވާތީ ، ދިއްދޫގެ ރައްޔިތުން މި ބަލިން ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަ...

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފި
Raajje

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފި

ހއ. ދިއްދޫގައި އިޖުތިމާއީ ގޮތުން ހަރަކާތްތެރި ވަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ އަތޮޅު ދޮނަކުޅި ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފިއެވެ. ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ އައިލެންޑް ހައިޑަވޭ ބީޗްރިސޯޓު އެންޑް ސްޕާ، ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށާއި، އެ މީހުން ބެލެހެއްޓުމުގައި އެހީތެރިވާ މީހުންނަށް އެ ކްލަބުން މިއަދު ދިން ރޯދަ ވީއްލުން ދީފައި ވަނީ އެ ކްލަބް ނިސްބަތްވާ ދިއްދޫ ރައްޔިތުންގެ […]

ފުރަބަންދުގެ ތެރޭގައި ދިއްދޫގައި ކަސްރަތުކުރުމަށް ނުކުމެވޭ ގޮތް ހަމަޖައްސައިދީފި
Thiladhunmathi News

ފުރަބަންދުގެ ތެރޭގައި ދިއްދޫގައި ކަސްރަތުކުރުމަށް ނުކުމެވޭ ގޮތް ހަމަޖައްސައިދީފި

ކޯވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދޫގައި ދަމަހައްޓާފައިވާ ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އެރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަސްރަތު ކުރުމަށް ބޭރަށް ނުކުންނަން އެދޭ މީހުންނަށް، ބޭރަށް ނުކުތުމުގެ މަގު ދިއްދޫ ކައުންސިލުން ފަހިކޮށްދީފިއެވެ. އެކަމާއި ގުޅިގެން ދިއްދު ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއި އަދި އެ އަތޮޅުން އެ ބަލީގެ އިތުރު ކޭސްތައް ފެންނަމުން ދާތީ، އެބަލި އިތުރަށް ފެތުރުން ކޮންޓްރޯ...

ދިއްދޫ މޮނިޓަރިންގ ހާލަތުން ނަގައިފި
Thiladhunmathi News

ދިއްދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިންގ ހާލަތަށްލާފައި އޮތުމަށް ފަހު މިއަދު އެރަށް އެ ހާލަތުން ނަގާފައިވާ ކަން އެޗްޕީއޭއިން އެރަށަށް އަންގައިފިއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ހުސްވި އޭޕްރިލްމަހުގެ 25 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިއްޔެ އެރަށުން ވަނީ އިތުރުކޮށްފައެވެ. ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު...

ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި
Thiladhunmathi News

ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ހއ. ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބައެއް ފަރާތްތަކަށް ނަފްސާނީ ބައެއް އުނދަގޫތައް ދިމާވަމުން ދާކަމަށް ފާހަގަ ކުރެވޭތީ، އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އަތޮޅު އިމަޖެންސީ އޮޕަރޭޓިން ސެންޓަރގައި ސައިކޯ ސޯޝިއަލް ސަޕޯޓް ޑެސްކެއްވަނީ ޤާއިމް ކުރެވިފައި ވާކަމަށެވެ. މި ޑެސްކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 1...