ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު
ހއ. ދިއްދޫ ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ކުރެވުނު އޮޕަރޭޝަން ކާމިޔާބު ކަމުގައި، ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ރަށު ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ފަޟީލްގެ ހާލުވެސް އަދި ކިޑްނީ ހަދިޔާކުރި އޭނާގެ ބޭބެގެ ހާލުވެސް ރަނގަޅެވެ. ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަ...