Skip to main content
Topic Archive

#Haa Alif Dhidhdhoo

776 Stories filed
އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް
Raajje

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

“Rahsigan’du” community park opened in Dhidhdhoo
News

“Rahsigan’du” community park opened in Dhidhdhoo

The community park “Rahsigan’du” has been opened in Ha. Dhidhdhoo. The park was developed by Middle Sports Club of Dhidhdhoo, funded by Community Fund of Bank of Maldives (BML). President of the Middle Sports Club Nashwan Ibrahim, has said that the main...

ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި
Thiladhunmathi News

ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު. އެރަށުގައި ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންގޮސްފިއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމަކުން ވވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. ރޭ މި މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގައި ވާދަކުރާ އޮފީސް ތަކަކީ ދިއްދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލް އަދި […]

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ
Thiladhunmathi News

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިބމަޝްރޫއުގެ މަސައްކަތް ނިންމާލީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށުން ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 10.02 […]

ދިއްދޫ "ރަށްސިގަނޑު" ޕާކް ހުޅުވައިފި
Thiladhunmathi News

ދިއްދޫ "ރަށްސިގަނޑު" ޕާކް ހުޅުވައިފި

“ރަށްސިގަނޑު” ގެ ނަމުގައި ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފިއެވެ. އެރަށު އަތިރިމަތީގައި ގާއިމްކުރި މި ޕާކް ހުޅުވާދެއްވީ ދިއްދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން އިންޗާރގް މުހައްމަދު ނައީމެވެ. އެގޮތުން މި ޕާކް ތަރައްގީކޮށްފައި ވަނީ ދިއްދޫގައި ގިނަ އިޖްތިމާއީ މަސައްކަތްތަކެއް ކުރަށްވަމުން އަންނަ އެރަށުގެ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް އެ ކްލަބުން ހުށަައެޅި ޕްރޮޕޯސަލް ކާމިޔާބުވެ، އެ ފަންޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ...

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓް ހެދުމުގެ ޙިދުމަތް ދޭން ފަށައިފިއެވެ. އެ ހޮސްޕިޓަލުން “ތިލަދުން” އަށް މައުލޫމާތު ދެއްވިގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު މި ޙިދުމަތް ދޭން ފަށާފައި ވާއިރު ހަފްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ލެބޯޓްރީ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ޚިދުމަތް ލިބެމުން ދާނެއެވެ. އެގޮތުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 1 އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ހުރިހާ ވަސީލްތަތައް ހަމަވެފައިވަނީ މިދިޔަ ބުދަ […]

ދިއްދޫގެ މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ދިޔަދޮވިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތް ހަދަން މުހުލަތެއްދީފި
Thiladhunmathi News

ދިއްދޫގެ މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ދިޔަދޮވިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތް ހަދަން މުހުލަތެއްދީފި

ހއ. ދިއްދޫގެ ގޭތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެންހޮޅިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތަށް ހަދަން އެރަށު ކައުންސިލުން އަންގައިފިއެވެ. އެކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެން ހޮޅިތައް 28 ނޮވެމްބަރ 2021 ގެ ކުރިން ބިމުގެ އަޑިއަށް ފެން ހިނދޭގޮތަށް ރަނގަޅުކުރުމަށް އަންގާ ކަމަށެވެ، އެ އުސޫލުގެ ދަށުން އެރަށުގައި އިމާރާތް ކޮށްފައިވާ ހައުސިންގް ޔުނިޓްގެ ތެރެއިންވެސް މަގުމައްޗަށް ހުންނަ ފެންހޮޅިތައް ރަނގަޅު ކުރ...

ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ
Thiladhunmathi News

ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ

ހއ. ދިއްދޫ ބަނދަރުގެ އުތުރު ތޮށީގައި ބޭނުން ނުކޮށް އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ ގިނަދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބަނދަރު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެ ރަށުގެ ބަނދަރުގެ އުތުރު ތޮށީގައި [...

ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހަދަން ދ. އަތޮޅު ކައުންސިލާއި ހަވާލުކުރަނީ
Thiladhunmathi News

ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހަދަން ދ. އަތޮޅު ކައުންސިލާއި ހަވާލުކުރަނީ

ހއ. ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާ ހަވާލުކުރަން ދިއްދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައި ވަނީ ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 24 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ހުށަހެޅުން ހުށަހެޅުއްވީ  ކައުންސިލަރު މޫސާ ލަޠީފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކައުންސިލަރު ޢަބްދުﷲ ރަޝީދެވެ. ކައުންސިލަރު މޫސާ ލަޠީފްގެ ހުށަހެޅުމުގައި ބުނެފައި ވަނީ، ދިއްދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާއި […]

"ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ހަރަކާތުން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި
Thiladhunmathi News

"ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ހަރަކާތުން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހއ.ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ގުޅިގެން އެ ރަށު ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް “ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް” ނަމުގައި ފަންޑްރައިޒިންގެ ޙަރަކާތްތަކެއް ދިއްދޫގައި މި މަހުގެ 7،8،9 (ބުރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މ...

ހއ. ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތް އަންނަމަހު، ޗެމްޕިއަން ޓީމަށް -/10،000
Thiladhunmathi News

ހއ. ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތް އަންނަމަހު، ޗެމްޕިއަން ޓީމަށް -/10،000

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބާއްވާ ހޭންޑް ބޯލް މުބާރާތް ނޮވެންބަރު މަހު ފެށުމަށް ތައްޔާރު ވެއްޖެ އެވެ. ދިއްދޫ ކައުންސިލްގެ ރައީސް ރަޝީދު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، އަންހެނުންނަށް ޚާއްސަކުރެވިގެން، ނޮވެންބަރު 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ދިއްދޫ ރައީސް ބާއްވާ 1 ވަނަ ހޭންޑްބޯލް މުބާރާތް 2021 ” ގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ދިއްދޫގެ ޓީމު ތަކުން މި ހިނގާ އޮކްޓޫބަރު 28 ވާ […]

Registration open for Dhidhdhoo Councils 4th Eid-Adha Football Tournament
News

Registration open for Dhidhdhoo Councils 4th Eid-Adha Football Tournament

 Dhidhdhoo council has opened the opportunity to participate in the Council's 4th Eid al-Adha Football Tournament which starts on November 20, 2021.  Dhidhdhoo council requests all registered clubs and NGOs in the Island interested to participate to submit...

ދިއްދޫ ކައުންސިލްގެ 4 ވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Sports

ދިއްދޫ ކައުންސިލްގެ 4 ވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ ކައުންސިލްގެ ހަތަރު ވަނަ “އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތް 2021” ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. އަންނަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެ ކައުންސިލުން ދޫކުރާ މުބާރާތުގައި ޓީމް ބައިވެރި ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. […]

2023 ގައި ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ފެށޭނެ
Thiladhunmathi News

2023 ގައި ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ފެށޭނެ

ބޭނުންފުޅުވަނީ މި އަންނަ އަހަރު ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ދިއްދޫ ޖޫނިއާ ކޮލެޖާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ވަހީދު ސުވާލުތައް ކުރައްވާފައި ވަނީ، ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކު...

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ދިއްދޫ ދާއިރާގެ ރައީސްކަމަށް ނަޢީމް
Thiladhunmathi News

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ދިއްދޫ ދާއިރާގެ ރައީސްކަމަށް ނަޢީމް

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ދިއްދޫ ދާއިރާގެ ރައީސްކަން މުޙައްމަދު ނަޢީމް ކާމިޔާބު ކުރައްވައިފި އެވެ. މުހައްމަދު ޝާކިރު އާއި ވާދަކޮށް ނަޢީމް ކާމިޔާބު ކުރެއްވީ 40 ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ނަޢީމް އަށް ލިބިފައިވަނީ 383 ވޯޓެވެ. ޝާކިރުއަށް ލިބިފައިވަނީ 343 ވޯޓެވެ. 14 ވޯޓު ބާތިލްވެފައިވާއިރު މިދާއިރާގައި ވޯޓު ލާފައިވަނީ މާލެއިން 151 މީހަކާއި ދިއްދޫއިން 589 މީހުންނެވެ. ޖުމްލަ […]