Skip to main content
Topic Archive

#Haa Alif Dhidhdhoo

776 Stories filed
ދިއްދޫގައި އަލަށް ހުޅުވި "ލިބޭ" ފިހާރަ އިން ވިޔަފާރި ކޮށްގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު!
Thiladhunmathi News

ދިއްދޫގައި އަލަށް ހުޅުވި "ލިބޭ" ފިހާރަ އިން ވިޔަފާރި ކޮށްގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު!

ހއ. ދިއްދޫގައި އިއްޔެ ހުޅުވި “ލިބޭ-4” ފިހާރަ އިން ވިޔަފާރި ކޮށްގެން އަގުބޮޑު ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ، ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރި ކުރަމުން އަންނަ “ލިބޭ” އިން ދިއްދޫގައި ހުޅުވި ދެވަނަ ފިހާރަ އެވެ. މިފިހާރަ ހުޅުވީ އެރަށު ޓާފް ދަނޑު ކައިރީގަ އެވެ. އެ ކުންފުނީގެ ދެވަނަ ފިހާރަ އިން ކުރާ ކޮންމެ 100ރ އިން މަތީގެ ވިޔަފާރި އަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެކަމަށް އެފަރާތުން […]

ދިއްދޫ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ދިއްދޫ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިއަދު ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިއަދު ފަށާފައިވާ މި މަސައްކަތުގެ ދަށުން އެރަށުގައި ކުރިން ހުރި މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކޮށް ބައްތި ނެތް މަގުތަކުގައި އިތުރު ބައްތިތައް ހަރު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ މިހާރު ހުރި ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް […]

ދިއްދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް
Thiladhunmathi News

ދިއްދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ އާމިނަތު ނަހުލާ ވިދާޅުވީ މިއީ ރަށުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ދުވަހުގެ ނިޔަލ...

An Electrical wiring course to be held in Ha. Dhidhdhoo
News

An Electrical wiring course to be held in Ha. Dhidhdhoo

Ha. Dhidhdhoo Council has opened an opportunity to take part in an Electrical wiring course that is planned to be conducted in collaboration with Dhidhdhoo Council and Maldives Polytechnic. Dhidhdhoo Council President Abdulla Rasheed stated that opportuniti...

"ދިއްދޫ އެންމެ އަލިގަދަ ތަރި 1443" އެއްވަނައަށް އުމްރާ ދަތުރެއް
Thiladhunmathi News

"ދިއްދޫ އެންމެ އަލިގަދަ ތަރި 1443" އެއްވަނައަށް އުމްރާ ދަތުރެއް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އެއްވަނައަށް އުމްރާ ދަތުރެއް ލިބޭ ޤުރުއާން މުބާރާތެއް އިޢުލާންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. “ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 01 އޭޕްރިލް 2022 އިން 15 އޭޕްރިލް 2022 އަށެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅެމުންދާ އެންމެހާ […]

ދިއްދޫގައި އިލެކްޓްރިކަލް ވަޔަރިން ކޯހެއް ފަށަނީ
Thiladhunmathi News

ދިއްދޫގައި އިލެކްޓްރިކަލް ވަޔަރިން ކޯހެއް ފަށަނީ

ހއ. ދިއްދޫގައި “އިލެކްޓްރިކަލް ވަޔަރިން” ކޯހެއް ހިންގުމަށް އެރަށު ކައުންސިލުން ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި، މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، ފޯނު ނަމްބަރު އަދި “ޑައި...

ފާއިތުވި އަހަރު ދިއްދޫ އަންހެނުންގެ ކޮމެޓީން ވަނީ ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައި
Thiladhunmathi News

ފާއިތުވި އަހަރު ދިއްދޫ އަންހެނުންގެ ކޮމެޓީން ވަނީ ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައި

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައި ހާމަ ކޮށްފިއެވެ. އެ ކޮމެޓީން ކާމިޔާބު ކަމާއިއެކު ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދިއްދޫ ކައުންސިލް ގުޅިގެން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ މޫދަށް އެރޭ ސަރަހައްދު ސާފުކޮށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމާއި، ދިއްދޫ […...

ދިއްދޫގައި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަން ރަޖިސްޓަރީކޮށްފި
Thiladhunmathi News

ދިއްދޫގައި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަން ރަޖިސްޓަރީކޮށްފި

ހއ. ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަން ރަޖިސްޓަރީ ކޮށްފިއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ދިއްދޫއަށް އެކިއެކި އެހީތެރިކަން ފޯރުކޮށް ދެއްވަމުންއައި އެ ފައުންޑޭޝަން ރަސްމީކޮށް ރަޖިސްޓަރީ ކޮށްފައި ވަނީ 05 ޖަނަވަރީ 2022 ގައެވެ. ދިއްގާ ފައުނޑޭޝަން ނިސްބަތްވަނީ ދިއްދޫ ދިއްގާގަސްދޮށުގެއަށެވެ. އެ އާއިލާގެ އަހްމަދު އަލީ (ކާފަ) އަދި ފާތިމަތު އާދަމް (މާމަ) ނިޔާވުމާއި ގުޅިގެން އެ އާއިލާގެ މެމްބަރުން މިވަނީ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުން ޚިދުމަތް ކުރުމުގެ ނިޔަތުގ...

އަޅުގަނޑާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރި: ދިއްދޫ ރައީސް
Thiladhunmathi News

އަޅުގަނޑާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރި: ދިއްދޫ ރައީސް

އޭނާ އާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރިކަމަށް  ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ނިންމުންތަކުގައި ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް މީގެކުރިންވެސް ފާސްކުރި ކަމަށެވެ. އެ ޕޯސްޓްގައި ރަޝީދު ވަނީ ލިޔުމެއްގެ ފޮޓޯ ވެސް ހިމަނުއްވާފައެވެ. އަދި އެއީ ދިއްދޫ ކަ...

ދިއްދޫ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި
Thiladhunmathi News

ދިއްދޫ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި

ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަތުން ނަގަމުންދާ ފީ ކުޑަކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޯޝަލް މީޑިއާގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކައުންސިލް މެމްބަރުންގެ ތާއިދާއިއެކު އެރަށު ޕްރީސްކޫލްއިން މިހާރު ނަގަމުންދާ ފީއިން 50 ރުފިޔާ އުނިކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ ފެބުރުއަރީ މަހުން ފެށިގެން އެސްކޫލް ކުދިންގެ އަތުން ފީއެއްގެ ގޮތުގައި ނަގަމުންދާނީ -/300 (ތިންސަތޭކަ) ރުފިޔާއެވެ....

ކޯވިޑް ފެތުރޭތީ ކާފިއު ހިންގައި ދިއްދޫގައި ވަރުގަދަ ފިޔަވަޅުތަކެއް
Thiladhunmathi News

ކޯވިޑް ފެތުރޭތީ ކާފިއު ހިންގައި ދިއްދޫގައި ވަރުގަދަ ފިޔަވަޅުތަކެއް

ހއ. ދިއްދޫގައި ކޯވިޑް-19 ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ކާފިއު ހިންގައި ގޭގެއަށް ޒިޔާރަތްކުރުން މަނާކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. ދިއްދޫ ކައުުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިމިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކޯވިޑް-19 ދިއްދޫ ޓާސްކް ފޯސްއިން ކައުންސިލަށް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ. އެގޮތުން މިއަދުން ފެށ...

ދިއްދޫ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ދިއްދޫ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހއ. ދިއްދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ، އެ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މާދަމާ، 24 ޖެނުއަރީން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09...

ފިއްލަދޫ ސުޕޯރޓްސް އެކެޑެމީން މިފަހަރު ދިއްދޫ އަށް
Thiladhunmathi News

ފިއްލަދޫ ސުޕޯރޓްސް އެކެޑެމީން މިފަހަރު ދިއްދޫ އަށް

ހއ. ފިއްލަދޫ ސުޕޯރޓްސް އެކެޑެމީގެ ފުޓުބޯޅަ ޓީމާއި ހއ. ދިއްދޫ އެކަޑެމީގެ ފުޓުބޯޅަ ޓީމާ މެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ތަކެއް ކުޅެފިއެވެ. ފިއްލަދޫ ސްޕޯޓްސް އެކެޑެމީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމެޗްތައް ކުޅެފައިވަނީ އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. އެގޮތުގައި އިއްޔެގެ މެޗްތައް ހާއްސަކޮށްފައިވަނީ 14 އަހަރުން ދަށުގެ ޓީމްތަކަށާއި 11 އަހަރުން ދަށުގެ ޓީމްތަކަަށެވެ. 14 އަހަރުން ދަށުގެ ޓީމުގެ މެޗް 3 ގޯލު ޖަހައިގެން ކާމިޔާބު ކުރީ ދިއްދޫޓީމެވެ. އަދި 11 […]

ދިއްދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ލައިފި
Thiladhunmathi News

ދިއްދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ލައިފި

ހއ. ދިއްދޫގައި މިސްކިތެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަޠު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ޢަލުން ޢިއުލާންކޮށްފައި މިވަނީ ކުރިން މިކަމަށް ކުރި ޢިއުލާން ބާތިލު ކުރުމަށްފަހުއެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމު...

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބީލަމަށް
Thiladhunmathi News

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބީލަމަށް

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ތެރެއިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގ...