ދިއްދޫގައި ފަޔަރ ސްޓޭޝަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވަގުތީ ފަޔަރ ސްޓޭޝަނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސުން އިޢުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި އެފްއާރުއެސް ސަބްސްޓޭޝަނެއް ގާއިމް ކުރުމުގެ ގޮތުން މިހާރު ހުރި އިމާރާތް މަރާމާތުކޮށް، އައު ވެހިކަލް ގަރާޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މިހާރު ހުރި އިމާރާތުގެ ކުޑަ ދޮރުތައް މަރާމާތު ކުރުމާއި، ބަދަލުކުރަން ޖެހޭ ދޮރުތައް ބަދަލުކުރުމާއި، އެ އިމާރާތުގެ އެތެރޭގެ ފާރުތައް ރޭނުމާއި ސީލިންގ މަސައްކަތާއި...