ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!
ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […]