Skip to main content
Topic Archive

#ފެނަކަ ކޯޕަރޭޝަން

306 Stories filed
ފެނަކައިގެ އަހަރީ ދުވަހާއި ގުޅިގެން ބާރަށު ބްރާންޗުގައި ގިނަ ހަރަކާތްތަކެއް
Thiladhunmathi News

ފެނަކައިގެ އަހަރީ ދުވަހާއި ގުޅިގެން ބާރަށު ބްރާންޗުގައި ގިނަ ހަރަކާތްތަކެއް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ.ބާރަށު ފެނަކަ ބްރާންޗުން އިސްނަގައިގެން އެ ރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ، މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީއަށް ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދައިފައިވާ ސަރުކާރުގެ ޔޫޓިލިޓީ ކުންފުންޏެކެވެ. ފެނަކަ ކޯޕަރޭޝަން އުފައްދާފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. ފެނަކައިގެ ނުވަވަނަ އަހަރީ […]

ކޮރަޕްޝަން ހިންގި ކަމަށްބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް: ފެނަކަ
Business

ކޮރަޕްޝަން ހިންގި ކަމަށްބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް: ފެނަކަ

ކޮރަޕްޝަނުގެ ތުހުމަތުކޮށް ފަތުރަމުން އަންނަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ކޮރަޕްޝަން މައްސަލަތަކެއް އުޅެ ކަމަށް ބައެއް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ފެތރެން ފެށުމުންނެވެ. މިކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އަދި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔ...

މި މަހުގެ ބިލުތަކުން ޑިސްކައުންޓް ލިބޭނެ: ފެނަކަ
Business

މި މަހުގެ ބިލުތަކުން ޑިސްކައުންޓް ލިބޭނެ: ފެނަކަ

މި މަހުގެ ކަރަންޓު ބިލާއި ފެން ބިލްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއިސް އިބްރާހިމް މުހައްދަ ސޯލިހު ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު ބިލާއިން ފެން ބިލުންޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ. މި ނިންމުމުގެ ދަށުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން މި މަހު 40 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ފެން ބިލްތަކުން 30 އިންސައްތައިގެ ޑިސްކަައުންޓް ލިބޭނެއެވެ. […]

ފެނަކައަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް
Business

ފެނަކައަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް

ފެނަކަ ކޯޕަރޭޝަނަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިއްޖެއެވެ. އިންޓަނޭޝަނަލް ފައިނޭންސް ގެ ޔުޓިލިޓީ/ އެނާޖީ އެވޯޑްސްގައި ފެނަކައަށް ލިބިފައިވަނީ ބެސްޓް ގްރީން އެނާޖީ އިނީޝިއޭޓިވް އާއި ބެސްޓް ގްރީން ޕްރޮޖެކްޓުގެއެވޯޑެވެ. ބެސްޓް ގްރީން އެވޯޑު އެ ކުންފުންޏަށް ލިބުނީ ލ. ގަމުގެ އިންޓަ ކަނެކްޝަން ޕްރޮޖެކްޓަށެވެ. Honored and delighted to receive the awards for Best Green Project (L.Gan Interconnection Project) & Best Green Initiative under the Utility/Energy category […]

ކެންދޫ އާ އިންޖީނުގެ އިމާރާތް ކުރާނެ ބަޔަކު ހޯދަނީ
Raajje

ކެންދޫ އާ އިންޖީނުގެ އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ބ. ކެންދޫ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެެވެ. ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރަން ޖެހޭނީ އެ ކުންފުނިން ދޭ ކުރެހުމާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ބިޑުގައި ބައިވެރިވުމަށް އެކުންފުނީގެ ހެޑް އޮފީހަށް ގޮސް އަންމަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ގެ ކުރިން ރަޖިސްޓްރީވުމަށް ފެނަކައިން ވަނީ އަންގައިފައެވެ. މި ބިޑަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ވަނަ ދުވަހުގެ […]

ފެނަކައިން ފެން މީޓަރަށް ނަގާ 30ރ. މާފުކޮށްދީފި
Business

ފެނަކައިން ފެން މީޓަރަށް ނަގާ 30ރ. މާފުކޮށްދީފި

ފެނަކަ ކޯޕަރޭޝަނުން ފެން މީޓަރަށް ނަގަމުން އައި 30ރ. އެ ކުންފުނިން މާފުކޮށްދީފި އެވެ. އައްޑޫ ފޭދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސަޕްލައި ފެން މީޓަރުން ނަގާ 30ރ. ކަސްޓަމަރުންނަށް މާފުކޮށް ދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ފީ ނުނަގާނެ ކަމަށް އޭނާވިދާޅުވިއެވެ. ފެން މީޓަރުން 30ރ.  ނެގުން ހުއްޓާލުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް 2019ވަނަ […]

ކޮނޑޭ އާއި ކަނޑުހުޅުދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި
Business

ކޮނޑޭ އާއި ކަނޑުހުޅުދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ގއ. ކޮނޑޭ އާއި ކަނޑުހުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ކޮނޑޭގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު އާއިގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދުގެ އިތުރުން، ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމެވެ. ކަނޑުހުޅުދޫގެ އިންޖީނުގޭގެ ބިންގާ އަޅުއްވައިދިނީ، ފެނަކައިގެ އެމް.ޑީ އަހްމަދު ސައީދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު...

ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި
Business

ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި

ލ. ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދް އާއި ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އަދި ގަމު ހޮސްޕިޓަލްގެ މެނޭޖަރުއަލީ ނަޝީދު އެވެ. އެ ކުންފުނިން އަޅާ މި އިމާރާތަކީ ދެ ބުރި އިމާރާތެކެވެ. މި އިމާރާތުގެ ތިރީގައި ލޮބީ އަކާއި ރިސެޕްޝަން ހުންނައިރު މީޓިން ރޫމެއްވެސް މި އިމާރާތުގައި ހުންނާނެއެވެ. މީގެ އިތުރުން މި […]

ފެނަކައިން ގަމުގައި ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓަނީ
Business

ފެނަކައިން ގަމުގައި ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓަނީ

ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ ފަސް މިސްކިތެއްގެ އިތުރުން އިގްތިމާއީ، މަރުކަޒުގައި ސޯލާރ ޕީވީ ނިޒާމް ގާއިމް ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސް ވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ. އަދި ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެވެ. ސޮއި ކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ފެނަކައަށް […]

ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. އާ އިންޖީނުގެއާ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ. ނޫމަރާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އިތުރުން އޮފީހުގެ މަސައްކަތަކީ، ސްކައިވަން ލޮޖިސްޓިކްސް އިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެ ތަނެވެ. 270 ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ފެނަކަ އާއި ހަވާލު ކުރުމަށް ސްކަ...

މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި
Thiladhunmathi News

މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މާރަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާއެވެ.180 ދުވަސް ތެރޭ ނިންމަން ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ3،134،640.67 ރުފިޔާއެވެ. ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު...

ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ހޯދުމަށް ފެނަކައިން ގޮވާލައިފި
Business

ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ހޯދުމަށް ފެނަކައިން ގޮވާލައިފި

ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ސާފުވާނެހެން ލިޔުމަށް ފެނަކަ ކޯޕަރޭޝަނުން ގޮވާލައިފިއެވެ. އެ ކުންފުނިން މިހެން އެދުނީ “މިހާރު” ނޫހުގައި “ދެ ކުންފުންޏެއްގެ ކޮރަޕްޝަން ޙާލަތު: ޒީރޯ ޓޮލަރެންސް ކޮބާ؟” މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި އެކުންފުންޏާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ލިޔެފައި އޮތުމާ ގުޅިގެންނެވެ. އެ ލިޔުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލާ ދީ ބުނެފައިވާގޮތުގައި ފެނަކައާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީކޮރަޕްޝަން...

ފެނަކަ މާލީ ގޮތުން ކުރިއެރީ ކޮރަޕްޝަން ހުއްޓުވުމުން: ސައީދު
Business

ފެނަކަ މާލީ ގޮތުން ކުރިއެރީ ކޮރަޕްޝަން ހުއްޓުވުމުން: ސައީދު

ފެނަކަ ކޯޕަރޭޝަނުގެ މާލީ ހާލަތު ރަނގަޅުވެ ކުންފުންޏަށް ކުރިއެރުން ލިބުނީ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމުން ކަމަށް އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރި އަހުމަދު ސައީދު މުހައްމަދު ވިދުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދި ޕްރޮގްރާމުގައި ރޭ ސައީދު ވިދާޅުވީ ކުރިން އެ ކުންފުނީގައި ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމަށެވެ. ނަމަވެސް ފަހުން އައިމެނޭޖްމަންޓުން މި ކަންކަން ހައްލު ކުރުމަށް ގަވާއިދުތަކަށް އިސްލާހު ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވި ގޮތުގައި ފެނަކައ...

ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތައް ދޮގުކޮށްފި
Business

ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތައް ދޮގުކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ހިންގާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ އަސާސެއް ނެތް ވާހަކަތައް އެކުންފުނިން ދޮގުކޮށްފި އެވެ. އެކުންފުނިން މިކަން ކުއްވެރިކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ...

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭމަނޑޫ ރައްޔިތުން ދެއްކި ނަމޫނާއަށް ފެނަކައިގެ ޝުކުރު
Business

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭމަނޑޫ ރައްޔިތުން ދެއްކި ނަމޫނާއަށް ފެނަކައިގެ ޝުކުރު

މިދިޔަ ހަފުތާގައި ތ. ވޭމަނޑޫ އިންޖީނު ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއިން އަރައިގަތުމަށް އެ ރަށުގެ ރައްޔިތުން ދެއްކި ނަމޫނާއަށް ފެނަކައިން ޝުކުރުއަދާކޮށްފިއެވެ. އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ހާދިސާއިން އަރައިގަނެ އެ ރަށަށް އަލުން ކަރަންޓު ދިނުމަށް ކުރި މަސައްކަތުގައި އެ ރަށުގެ ހުރިހާ އެންމެންގެފަރާތުންވެސް އެއްބާރުލުން ލިބުނު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކެތްތެރިކަމާއެކު ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރުމުގައި ވޭމަންޑޫ ރައްޔިތުން ދެއްކީނަމޫނާއެއް ކަމަށްވެސް އެ ކުން...