ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (2)
އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ދިއްދޫގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅިރަށްހެން އަނދައިހުލިވިއެވެ. ދިއްދޫގައި ކިޔާގޮތުންނަމަ “ރަށް ފެންވުން” ހާދިސާ ހިނގައިދިޔައީ އޭރު ދިއްދޫގައި މާލެ ދަތުރުކުރި ބައްތެއްޔެއް މާލެއިން އައި ދަތުރެއްގައި ރަށުގެ ހުޅަނގު ފަރާތަށް މުދާ ހުސްކުރުމުގައި މޫދަށް ވެއްޓިފަ އޮތް އަލިފާންފޮއްޓެއް ކުއްޖަކު ނަގައިގެން އުޅުމުގެ ތެރޭގައި އަތިރީގައި ހުރި ފަންކުނިތަކެއްގައި ރޯވެގެންނެވެ. މިއީ ރިޔާވިޔުމަށް އިރާ ފަންވަތްތަކުންނަގާ ބޯބުރިތަކާ، އި...