Skip to main content
Topic Archive

#ހއ. ދިއްދޫ ކައުންސިލް

114 Stories filed
ދިއްދޫގައި ކުރިއަށް ގެންދިޔަ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމާލައިފި
Thiladhunmathi News

ދިއްދޫގައި ކުރިއަށް ގެންދިޔަ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމާލައިފި

ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމާލައިފިއެވެ. މި ކޯހަކީ ދިިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. 6 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯސް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ދިއްދޫގެ 24 ބައިވެރިއަކު މި ކޯސް ފުރިހަމަ ކޮށްފައިވާ […]

ރައީސް ދިއްދޫއަށް ވަޑައިގެން ވީ ގިނަ ވަޢުދު އަދިވެސް ހުރީ ނުފުއްދަވާ: ދިއްދޫ ކައުންސިލް
Thiladhunmathi News

ރައީސް ދިއްދޫއަށް ވަޑައިގެން ވީ ގިނަ ވަޢުދު އަދިވެސް ހުރީ ނުފުއްދަވާ: ދިއްދޫ ކައުންސިލް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށަށް ކޮށްދެއްވާނެކަމަށް ވަޢުދުވެ ވަޑައިގެން ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތައް، ރައީސްގެ ދަޢުރު ނިމުމާއު ގާތްވެފައިވާއިރު ވެސް ނުފުދި ވާކަމަށް ވިދާޅުވެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފިއެވެ. ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުންކުރެ 5 މެންބަރެއް ސޮއިކުރަށްވާ ނެރުއްވާފައިވާ އެ ބަޔާނުގައ ިއެ ކައުންސިލުނ...

ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި
Thiladhunmathi News

ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން، މީހުން ދިރިއުޅެމުން ނުދާ ފަޅު ގޯތިތައް ކަނޑައެޅިފައިވާ އުސޫލުގެ މަތީން ސާފުކޮށް ބަލަހައްޓަމުން ނުދާތީ، އެތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ. އެ ކައުންސިލުން ވަނީ އެތަންތަން ސާފުކުރުމަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ދިއްދޫއިން މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކަކީ، އެ ގޯތ...

ދިއްދޫ ވެޓަރަންސްކަޕްގައި މާރާމާރީ ހިންގި ކުޅުންތެރިޔަކު 5 އަހަރަށް ސަސްޕެންޑްކޮށް ޓީމުވެސް ޖޫރިމަނާކޮށްފި
Thiladhunmathi News

ދިއްދޫ ވެޓަރަންސްކަޕްގައި މާރާމާރީ ހިންގި ކުޅުންތެރިޔަކު 5 އަހަރަށް ސަސްޕެންޑްކޮށް ޓީމުވެސް ޖޫރިމަނާކޮށްފި

ހއ ދިއްދޫ ކައުންސިލްގެ 1 ވަނަ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗުގައި ހިންގާފައިވާ ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް ހިންގިފަރާތާއި ޓީމަށް ފިޔަވަޅު އަޅައިފި އެވެ. ހަމަނުޖެހުން ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުޅެވުނު އެމުބާރާތުގެ 8 ވަނަ މެޗުގައެވެ. މި މެޗުގައި ބައްދަލުކުރީ ނާޑް ސްޕޯޓްސް ކުލަބް އަދި ޔޫތު ޗެލެންޖު ޓީމެވެ. އެ މެޗުގައި ކަން ހިނގާދިޔަގޮތާއި ބެހޭ ގޮތުން ދިއްދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓް އެކައުންސިލުން މިއަދު ވަނީ އާންމު […]

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ''ނަހަލާލު އެއްޗެއް'': ދިއްދޫ ރައީސް
Thiladhunmathi News

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ''ނަހަލާލު އެއްޗެއް'': ދިއްދޫ ރައީސް

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ”ނަހަލާލު އެއްޗެއް” ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅު ވެއްޖެއެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ހއ. ދިއްދޫ އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ ދިއްދޫ ގައި ޖަލްސާއެއް ބާއްވާފަ އެވެ. ”ދިއްދޫ ވެސް ޕީޕީއެމް” ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ […]

ދިއްދޫ ރައްޔިތުންނަށް އެމްއެންޑީއެފް އިން ހިންގި ކޮމިޔުނިޓީ ވޮލަންޓިޔާ ފަޔާ ފައިޓިން ޕްރޮގްރާމް ނިންމާލައިފި
Raajje

ދިއްދޫ ރައްޔިތުންނަށް އެމްއެންޑީއެފް އިން ހިންގި ކޮމިޔުނިޓީ ވޮލަންޓިޔާ ފަޔާ ފައިޓިން ޕްރޮގްރާމް ނިންމާލައިފި

ހއ. ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑުން ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 12 ވަނަ ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް...

ދިއްދޫ ކައުންސިލް ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ދިއްދޫ ކައުންސިލް ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އެއްވަނަ ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫގެ ކުލަބް ޖަމިއްޔާތަކަށެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކާއި ދިއްދޫގެ...

ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެދިއްޖެ
Raajje

ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެދިއްޖެ

ހއ. ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެރަށު ކައުންސިލު އިދާރާ އިން އެދިއްޖެ އެވެ. އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސް އުފުލުމުގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކުން ބަނދަރުގެ މަގުތަކަށް ލޭ ފަދަ ތަކެތި ނުފައިބާ ގޮތަށް އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ބަނދަރުގެ ހުރިހައި ދިމާލެއްގައި ވެސް (ކޮންމެ ދިމާލެއްގައި) މަސައްކަތް ކުރުމުގެ ބަދަލުގައި ބަނދަރުގައި […]

ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި
Raajje

ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި

ހއ. ދިއްދޫގެ ރައްޔިތުންނަށް ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފެށި ޕްރޮގްރާމެކެވެ. އެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ […]

ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯޅަ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިއްދޫ ކައުންސިލާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން 10 ދުވަހުގެ މުއްދަތަށް ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން 28 އޯގަސްޓް 2022 އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން ދިއްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ އެ ދިދާރާގެ ފޯނު 6500019 އަށް ގ...

ދިއްދޫ ކައުންސިލުން އެ ރަށުގައި ފަޔަފައިޓަރުން ތަމްރީން ކުރުމުގެ ކޯހެއް ހިންގަނީ
Thiladhunmathi News

ދިއްދޫ ކައުންސިލުން އެ ރަށުގައި ފަޔަފައިޓަރުން ތަމްރީން ކުރުމުގެ ކޯހެއް ހިންގަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އެ ރަށުގައި ފަޔަފައިޓަރުން ތަމްރީން ކުރުމުގެ ކޯހެއް ހިންގަން ނިންމައި އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައު ވަނީ އެ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެންނެވެ. މި ކޯހުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން 08 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 15 އޯގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލް އިދާރާގައި ނަން […]

ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ
Thiladhunmathi News

ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ

ހއ. ދިއްދޫ އިރުމަތި ބަނދަރު ބުރުތަކުގައި ހުރި ރައްޔިތުންގެ ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެދިނުމަށް ދިއްދޫ ކައުންސިލުން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅައި ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރެއްވުމަށް...

ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށަނީ
Thiladhunmathi News

ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށަނީ

ހއ. ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުގެ ތެރެއިން ދިއްދޫ ރައްޔިތުންނަށް ބޭނުންވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް ވަނީ މާދަމާއިން ފެށިގެން ދިއްދޫ ކައުންސިލަށް ބަދަލުކޮށް، އެކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖަ...

ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ ނާޔާ އަށް
Thiladhunmathi News

ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ ނާޔާ އަށް

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިޔަ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ 1 ވަނަ އަށް ދިއްދޫ/ އަސްރިފާ ހައުސް، މަރްޔަމް ނާޔާ އަޙްމަދު ހޮވިއްޖެއެވެ. މި މުބާރާތުގައި ވަނީ ޖުމްލަ 237 ބައިވެރިން ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ، 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން […]

ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި
Thiladhunmathi News

ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގައި ވަނީ 237 ފަރާތަކުން ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދާނެއެވެ. މިބުރާތުގައި ވަނަތައް ދިނުމަށް ހަމަޖެހިފައިވަ...