Skip to main content
Topic Archive

#ޤާސިމް އިބްރާޙީމް

129 Stories filed
ރައްޔިތުންގެ ފައިސާގައި ނުޖެހޭނަން، މަސައްކަތްކުރާނީ ދައުލަތާއި ރައްޔިތުންގެ ލާބަޔަށް: ޤާސިމް
Raajje

ރައްޔިތުންގެ ފައިސާގައި ނުޖެހޭނަން، މަސައްކަތްކުރާނީ ދައުލަތާއި ރައްޔިތުންގެ ލާބަޔަށް: ޤާސިމް

ގައުމާ ހަވާލުވެވަޑައިގަންނަވާ ވެރިންގެ ފަރާތުން ފެންނަނީ ބޮޑެތި އަދަދުތަކުން ހިޔާނާތްވާ ތަން ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމަށް އިންތިޚާބުވެއްޖެނަމަ ރައްޔިތުންގެ ފައިސާގައި ނުޖެހޭނެ ކަމަށާއި އަދި މަސައްކަތްކުރައްވާނީ ދައުލަތާއި ރައްޔިތުންގެ ލާބަޔަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދަރުމަވެރިންނާއި ކުޅުންތެރިންނާއި ކްލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާ ގާސިމް ބައްދަލު ކުރެއްވުމ...

ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ޤާސިމް: ވަހީދު
Raajje

ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ޤާސިމް: ވަހީދު

ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ކުރީސަފުގައި ހުންނެވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރ ޤާސިމް އިބްރާހީމް ކަމަށްކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެން މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައެވެ. އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި […]

ކުރީގެ ވަޒީރު ޝައިނީ ވެސް ޖޭޕީ އަށް
Raajje

ކުރީގެ ވަޒީރު ޝައިނީ ވެސް ޖޭޕީ އަށް

ކުރީގެ ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މިރޭ ސޮއި ކުރައްވައިފި އެވެ. ޝައިނީ ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ފެށުމަށް އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާއެއްގަ އެވެ. ޝައިނީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މިރޭ ވަނީ އެ ޕާޓީ އަށް ސޮއި ކުރައްވާފައެވެ. އަދި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ، ރައިސް […]

ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ: ގާސިމް
Raajje

ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ: ގާސިމް

ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ކެމްޕެއިން ފެށުމަށް މާމިގިލީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މި ގައުމު ސަލާމަތްކަމާއި އަމާންކަންމަތީ ދަމަހައްޓާ ނަގަހައްޓަން ތިއްބެވި، ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން އޭނާގެ ވެރިކަމެއްގައި ހިލޭ ފޯރުކޮށްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ފްލެޓް އަޅާ ވާހަކަ ދެ...

ގާާސީމަށް ތާއީދު ދެއްވައި ރައީސް ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފި
Raajje

ގާާސީމަށް ތާއީދު ދެއްވައި ރައީސް ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފި

ކުރީގެ ރައީސް ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވުމަށްފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދައުރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ތާއީދު ދެއްވައި ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފިއެވެ. އެމަނިކުފާނު ޖޭޕީ އާ ގުޅިވަޑައިގަތީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ލޯންޗު ކުރުމަށް މާމިގިލީގައި މިރޭ ބޭއްވި  ޖަލްސާގައެވެ. ވަހީދު މީގެ ކުރިން ހުންނެވީ ކުރީގެ ރައީސް ޔާމިންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައެވެ. ނަމަވެސް ޕީޕީއެމް އިން […]

''ޤާސިމް-އަމީން'' މެނިފެސްޓޯ: ބޮޑު ތިލަދުންމައްޗަށް ގިނަ ވައުދުތަކެއް
Thiladhunmathi News

''ޤާސިމް-އަމީން'' މެނިފެސްޓޯ: ބޮޑު ތިލަދުންމައްޗަށް ގިނަ ވައުދުތަކެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ ރޭ ލޯންޗުކޮށްފައިވާއިރު، އަހަރަކު 5 މިލިއަން ކޮންޓޭނާގެ ހިދުމަތް ދެވޭ ވަރަށް އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ތަރައްގީ ކުރުމާއެކު މުހިއްމު ވައުދުތަކެއް ބޮޑުތިލަދުންމަތީގެ ސަރަހައްދަށް ހިމަނައިފިއެވެ. ”ޤާސިމް-އަމީން 2023” މެނިފެސްޓޯ އެކުލަވާލާފައި ވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ. އޭގެތެރެއިން ”ސަރަހައްދީ ތަރައްގީ އާ ހަރުފަތަކަށް” މި އަސާސްގެ ދަށުން ރާއްޖޭގައި އިޤްތިޞ...

ޤާސިމް ދެއްވި ހުރިހާ ސްޓޫޑެންޓު ލޯނެއް މަޢާފުކޮށްދެއްވައިފި
Raajje

ޤާސިމް ދެއްވި ހުރިހާ ސްޓޫޑެންޓު ލޯނެއް މަޢާފުކޮށްދެއްވައިފި

ވިލާ ގްރޫޕްގެ ޗެއާމަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ވިލާ ފައުންޑޭޝަނުން ދިވެހި ދަރިވަރުން އުނގެނެން މިހާތަނަށް ދޫކުރި ހުރިހާ ސްޓޫޑަންޓް ލޯނުތައް ރޭ މަޢާފުކޮށް ދެއްވައިފިއެވެ. މި ލޯނުތައް މަޢާފުކޮށް ދެއްވިކަން ޢިއުލާން ކުރެއްވީ ”ޤާސިމް-އަމީން 2023” ރިޔާސީ މެނިފެސްޓޯ އިފްތިތާހް ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ޖޭޕީގެ މައި ހެޑްކުއާޓާސް، ކުނޫޒްގައި ބޭއްވި މި ހަފްލާގައި ޤާސިމް ވަނީ ކޯވވިޑުގެ ދުވަސްވަރު، ސިއްހީ […]

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި ގާސިމްގެ މެނިފެސްޓޯ ލޯންޗުކޮށްފި
Raajje

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި ގާސިމްގެ މެނިފެސްޓޯ ލޯންޗުކޮށްފި

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. މި މެނިފެސްޓޯ ލޯންޗުކޮށްފައިވަނީ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ކުރިއަށްދިޔަ ހާއްސަ ޖަލްސާގައި ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަމްބަރު 5 އެވެ. ގާސިމްގެ […]

ގާސިމްގެ ރަނިން މޭޓަކަށް ޑރ. އަމީން
Raajje

ގާސިމްގެ ރަނިން މޭޓަކަށް ޑރ. އަމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް މިއަދު ހަމަޖައްސައިފިއެވެ. ކުރިން ޓްރާންޕޯޓް މިނިސްޓަރުކަމާއި ސަރުކާރުގެ އެކި މަގާމްތައް ފުރުއްވާފައި އަމީން އަކީ ދިވެހި އަދަބިއްޔާތަށް ވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އަމީން އ...

ގާސިމްގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށައިފި
Raajje

ގާސިމްގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު، އެ ޕާޓީގެ ލީޑަރ،ު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ގާސިމްގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ މިއަހަރުގެ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ގާސިމްގެ އިތުރުން، އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސަވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުށުގެ ރެކޯޑު ސާފު ކުރުމަށް ވެސް މިހާރުވަނީ ހުށަހަޅާފައެވެ. ސ...

މަޖިލީހުގެ ކުރީގެ ރައީސް ޝިހާބު އަދި ނައިބު ރައީސް ނާޒިމް ޖޭޕީއަށް!
Raajje

މަޖިލީހުގެ ކުރީގެ ރައީސް ޝިހާބު އަދި ނައިބު ރައީސް ނާޒިމް ޖޭޕީއަށް!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ. ޖޭޕީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވީ މިއަދުއެވެ. އަދި އެ ދެ ބޭފުޅުންގެ ފޯމާއި ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާޙީމް އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޝިހާބު ވަނީ މީގެކުރިން ވެސް ޖޭޕީގައި އުޅުއްވާފައެވެ. […]

ޤާސިމްގެ ކެމްޕޭން އެޖެންޓަކަށް އަލީ ވަހީދު
Raajje

ޤާސިމްގެ ކެމްޕޭން އެޖެންޓަކަށް އަލީ ވަހީދު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަސްމީ ކެމްޕޭން އެޖެންޓެއްގެ ގޮތުގައި އެ ޕާޓީގެ ކުރީގެ ރައީސް ޢަލީ ވަހީދު މިއަދު ހަމަޖައްސައިފިއެވެ. ޤާސިމްގެ ރަސްމީ ކެމްޕޭން އެޖެންޓެއްގެ ގޮތުގައި ޢަލީ ވަޙީދު ހަމަޖެއްސިކަން ހާމަކުރެއްވީ ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ، ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޢަލީ ވަހީދު އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އިއްޔެ އޭނާ ވަނީ ޤާސިމްގެ ސްޕެޝަލް […]

ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު ޖޭޕީ ކައުންސިލުން ގާސިމަށް ދީފި
Raajje

ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު ޖޭޕީ ކައުންސިލުން ގާސިމަށް ދީފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު އެ ޕާޓީގެ ކައުންސިލުން މިއަދު ޤާސިމަށް ދީފިއެވެ. މި އިޚްތިޔާރު ޖޭޕީގެ ކައުންސިލުން ޤާސިމަށް ދީފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމުނުކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާނު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޢަލީ ޞާލިޙް ”ތިލަދުން” އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރުމަށް އިއްތިހާ...

ނަހަމަގޮތުގައި ދައުލަތުގެ ''ކަރުދާސް އަރިއެއް'' ވެސް ބޭނުން ކޮށްފައި ނުވާނެ: ގާސިމް
Raajje

ނަހަމަގޮތުގައި ދައުލަތުގެ ''ކަރުދާސް އަރިއެއް'' ވެސް ބޭނުން ކޮށްފައި ނުވާނެ: ގާސިމް

ސަރުކާރުގައި އުޅުއްވިއިރު، ނަހަމަގޮތުގައި އެއްވެސް މީހަކަށް މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށާއި، ދައުލަތުގެ ‘’ކަރުދާސް އަރިއެއްހާ’’ މިންވަރުގައި ވެސް ޖެހިފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ޤާސިމްގެ ތަސައްވަރު 2023” ގެ ނަމުގައި މީޑިއާތަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމާއި އެމްއެމްއޭގެ ގަވަރުނަރު...

އިވެމުން ދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ވާހަކަތައް: ޤާސިމް
Raajje

އިވެމުން ދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ވާހަކަތައް: ޤާސިމް

ހުރިހާ މާނައެއްގައި ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، “ދިވެހިންގެ ގައުމު ދިވެހިންނަށް” މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ރޭ ބޭއްވި ޖަލްސާގައި ދެއްވި މެސެޖެއްގައެވެ. ޖޭޕީގެ މައި ޖަގަހަ، ކުނޫޒްގައި ރޭ ބޭއް...